އިސްރާއީލު ސިފައިން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އާ އަމުރުތަކެއް ނެރެފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ ޚާން ޔޫނިސްގެ އުތުރުން އަދި ޣައްޒާގެ ދިއިރު އަލްބާލާގެ އިރުމަތީ ސަރަހައްދުތަކުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުން ގެދޮރު ދޫކޮށްލުމަށް އާ އަމުރުތަކެއް ނެރެފައެވެ.
އަސްކަރީ އޮޕަރޭޝަންގެ ނަމުގައި ނަސްލު ނައްތާލުމުގެ ހަނގުރާމަ ހިނގަމުންދާއިރު، މިހާރު ވެސް ގެދޮރު ގެއްލިފައިވާ އާބާދީއަށް ކުރިމަތިވެފައިވާ އިންސާނީ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ.
އިސްރާއީލުގެ މި އަމުރާއެކު އިއްޔެ އެކަނިވެސް 140،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.
މި ސަރަހައްދަކީ ކުރިން އިސްރާއީލުން ރައްކާތެރި ސަރަހައްދެކޭ ބުނި ތަނެކެވެ.
ގެދޮރު ދޫކޮށްލަން އެމީހުންނަށް މަޖުބޫރުވީ، ގެދޮރު ދޫނުކޮށްލައިފިނަމަ ޝަހީދު ކޮށްލާނެ ކަމުގެ އިންޒާރު ދިނުމެވެ.
މި އަހަރުގެ އޮކްޓޫބަރ 7 ގައި ފަލަސްތީންއާއި އިޒްރާއީލާއި ދެމެދު ފެށިފައިވާ ހަނގުރާމައިގައި މިހާތަނަށް 40،000 އަށް ވުރެއް ގިނަ މީހުން ގާޒާއިން މަރުވެފައި ވާއިރު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 40 މީހުން ވަނީ މަރުވެފައެވެ. އަދި 92،401 މީހުން ވަނީ ޒަހަމްވެފައެވެ.
މަރުވެފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ.



