ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި ހުކުރު ދުވަހު ތަޅާފޮޅުމާއި މާރާމާރީ ހިންގައިފިއެވެ.
ވެރިކަންކުރާ ޕާޓީ އޭކޭޕީގެ މެންބަރުން، އިދިކޮޅު މެންބަރު އަހުމަދު ސިކްއަށް ޖިސްމާނީ ގޮތުން ގެއްލުން ދިނީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ޕާލަމެންޓް މެންބަރު ކާން އަޓަލޭ އަނބުރާ އެސެމްބްލީއަށް ގެނައުމަށް އެދި ހިނގި ދެބަސްވުމެއްގައި އިދިކޮޅު މެންބަރު އަހުމަދު ސިކް ވެރިކަންކުރާ ޕާޓީގެ މެންބަރުންނަށް ފުރައްސާރަކުރުމުންނެވެ. އެކަމާ ރުޅިއައިސް، ރައީސް އެރްދޮޣާންގެ ޕާޓީ އޭކޭޕީގެ މެންބަރު އަލްޕައި އޮޒަލަން ގޮސް އަހްމެޓް ސިކްގެ ގައިގައި ޖަހައި އެނާ ބންމައްޗަށް ވައްޓާލި މަންޒަރު ވީޑިއޯއިން ފެންނަން ހުއްޓެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އަހްމެޓް ވެއްޓުމާއެކު މެމްބަރުންތައް ދުވެފައި ގޮސް އެތަނަށް ޖަމާވިއެވެ. މެމްބަރުންތައް ތަޅާފޮޅަން ހެދުމުން ދުރުކުރަން އުޅުމުގެ ތެރޭގައި އަންހެން މެމްބަރެއްގެ ބުމަ ވެސް ފަޅައިގެން ދިޔައެވެ.
މި ހަމަނުޖެހުން ހިނގާފައިވަނީ ތުރުކީގެ ޕާލަމެންޓުގައި ކަމަށްވާއިރު، މިއީ ޤައުމުގެ ސިޔާސީ މަޝްރަޙުގައި އޮތް ހަލަބޮލިކަން ދައްކުވައިދޭ ކަމެކެވެ.



