ހޫނު ގަދަވުމުގެ ސަބަބުން ތުރްކިޔޭގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު މީހުން އުޅޭ ސަރަހައްދުތަކަށް ފެތުރި އެގައުމުގެ 3ވަަނަ އަށް އެންމެ ބޮޑު ޕްރޮވިންސް ކަމަށްވާ އިޒްމީރުގެ އައްސޭރިފަށާއި ހަމަޔަށް އައިސް ބައެއް ގެތައް އަނދައި ހުލިވެ ނުރައްކަލާއި ކުރިމަތިލާން ޖެހިއްޖެއެވެ.

އިޒްމީރު، ޗަނައްކަލޭ، ބޮލޫ، އަދި މަނިސާ މި 4 ސަރަހައްދަކާއި އިތުރު 4 ތަނެއް (ޖުމްލަ 8 ހިސާބެއްގައި) ފެތުރެމުންދާ އަލިފާން ކޮންޓުރޯލް ކުރުމުގައި ، ގަދަ ވައިގެ ސަބަބުން ރެސްކިއު ޓީމުތަކަށް ބޮޑެތި ގޮންޖެހުމާއި ކުރިމަތިލާން ޖެހިފައިވާއިރު އެއް ވިލެޖުން އެކީއެކަށް މީހުން ހުސްކޮށް ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައި ވެއެވެ.

ތުރްކިޔޭގައި އަލިފާނުގެ ނުރައްކަލާއި ދިމާވެގެން އުޅޭއިރު ޖެހިގެން އޮތް އަވަށްޓެރި ގުރީސްގެ އެތެންސަށްވެސް ވަނީ އަލިފާން ފެތުރިފައިކަމަށް ހަބަރު ލިބެއެވެ.