އެއަރ ޝޯއެއްގައި މިއަދު ފްރާންސްގެ މަތިންދާބޯޓެއް ކަނޑަށް ވެއްޓި ޕައިލެޓް މަރުވެއްޖެއެވެ.
ދެވަނަ ބޮޑު ހަނގުރާމައާއި ގުޅިގެން ބޭއްވުނު އެއަރ ޝޯއެއްގައި، މަންޒަރު ބަލަން ތިބި މީހުންގެ ކުރިމަތީގައި މަތިންދާބޯޓު ކަނޑަށް ވެއްޓުނުއިރު ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވި ގައި ނުވާކަމަށް ހަބަރު ލިބެ އެވެ.
މަސްދަރުތަކުން ފެންނަ ވީޑިއޯގައި ފެންނަނީ ފްރާންސްގެ ދެކުނު އިރުމަތީގައި އޮންނަ ސެއިންޓް ޓްރޮޕޭޒް ކައިރީގައިވާ ލަ ލަވަންޑޫގެ އައްސޭރިފަށަށް މަތިންދާބޯޓު ވެއްޓޭ މަންޒަރެވެ.
1944 ވަނަ އަހަރު ޕްރޮވެންސް ލޭންޑިންގްސްގެ 80 ވަނަ އަހަރީ ފާހަގަކުރުމަށް ބޭއްވުނު ޕެޓްރޯލް ޑި ފްރާންސް ނަމަކަށް ކިޔާ އާންމު މަތިންދާބޯޓު ދައްކުވައިދޭ ޝޯވ އެކެވެ.
މި އެއާޝޯގައި ފްރާންސްގެ އެއާފޯސްގެ "ޕެޓްރޯއިލް ޑި ފްރާންސް" އެރޯބެޓިކްސް ޓީމު ވެސް ބައިވެރިވި އިރު، މި ހާދިސާއާ ގުޅިގެން އެ އިވެންޓު ހުއްޓާލާފައެވެ.



