ޔުކްރޭނު މައްސަލައިގައި އެމެރިކާ އާއި ޔޫރަޕުން ރަޝިޔާގެ އިޤްތިޞާދު ފުނޑައިލުމަށްޓަކައި ދަތިކުރުމުގެ ފިޔަވަޅު އެޅުމުން ވެސް، އެމެރިކާ އާއި ނޭޓޯގެ ޕްލޭން ފަނިވެ، ރަޝިޔާގެ ރިޒާވް އާދަޔާ ޚިލާފަށް ކުރިއަރައިފިއެވެ.
ރަޝިޔާ އާއި ދެކޮޅަށް އެމެރިކާ އާއި ޔޫރަޕުން ދަތި ކުރުމުގެ ފިޔަވަޅު ނާޅާ ދިމާލެއް ނެތެވެ. މިކަންކަން މިހެން އޮއްވައި ވެސް ރަޝިޔާގެ މާލީ ވުޒާރާގެ ހިސާބުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ރަނުގެ ރިޒާވް 40 ޕަސަންޓަށް ވަނީ އިތުރުވެފައެވެ. އެއީ 2330 ޓަނުގެ ރަނެވެ. މި އަހަރު އެކަނި ވެސް 23 ޕަސެންޓުގެ ކުރިއެރުމެއް ރަޝިޔާގެ ރަނުގެ ރިޒާވް އިން ފެނުނު އިރު ބްރިކްސްގެ ހުރިހާ ޤައުމެއްގެ ރަނުގެ ރިޒާވް މި އަހަރު ވަނީ އިތުރު ވެފައެވެ.
މިއާއި ޚިލާފަށް އެމެރިކާގެ ރިޒާވް ކުރިއެރީ އެންމެ 0.95 ޕަސެންޓަށެވެ.
ޖުމްލަ ކޮށް ބަލާލާނަމަ ބްރިކްސް އިން ވަނީ 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް 102 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައެވެ. ހުޅަނގުގެ ޤައުމުތަކަށް އިތުރުވީ އެންމެ 12 ޕަސަންޓެވެ.






