ތައިލެންޑުގެ ތާރީހުގައި ސިޔާސީ ދާއިރާއަށް އަލަށް ވަދެގެން އުޅުއްވާ އަންހެން ކަނަބަލެއް ކަމަށްވާ ޕޭޓޮންގޓާން ޗިނަވާތު އަށް ބޮޑުވަޒީރުކަން ދީފިއެވެ.
ކޮރަޕްޝަނުގެ މައްސަލައެއްގައި ޖަލު ހުކުމެއް ކޮށްފައިވާ މީހަކަށް ކެބިނެޓުން ޖާގަދީގެން އެއީ ސުލޫކީ މައްސަލައެއް ކަމަށް ބަލައި ސުޕްރީމްކޯޓުން ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި ފިޔު ތައި ޕާޓީގެ ސެއްތާ ތަވީސިން ގެވެރިކަމަށް އަހަރު ނުވަނީސް އޭނާ އެ މަގާމުން ވަކިކުރިތާ ދެވަނައަށް ވީ ދުވަހު ޕާލަމެންޓުން އަންހެން ބޮޑުވަޒީރަކު އިންތިހާބު މި ކުރީ 319 ވޯޓާއެކުއެވެ.
އެހެންކަމުން ޕޭޓޮންގޓާން ޗިނަވާތު ވެގެންދަނީ އެގައުމުގެ ތާރީހުގައި ދެވަނަ އަންހެން ބޮޑުވަޒީރަށެވެ. ތާރީހުގައި ތައިލެންޑުގެ އެންމެ ހަނގު ބޮޑުވަޒީރަށެވެ. ތާރީހުގައި އަލަށް ސިޔާސީ ދާއިރާއަށް ވަން އަދި އެންމެ ހަނގު ބޮޑުވަޒީރުގެ އުމުރުފުޅަކީ 37 އަހަރެވެ. އަދި ކިއެއްތަ، ޕޭޓޮންގޓާނަކީ, ފިޔު ތައި ޕާޓީގެ ބާނީ އަދި ކުރީގެ ބޮޑުވަޒީރު ތަކްސިން ޗިނަވާތު އަދި އެގައުމުގެ ބިލިއަނަރުގެ ދަރިކަނބަލުން ވެސް މެއެވެ.
ޕޭޓޮންގޓާނަށް ބަރުލަމާނީ މަޖިލީހުގެ 65 އިންސައްތަ ވޯޓު ލިބުނެވެ.
ޕޭޓޮންގޓާން ޗިނަވާތު ބޮޑުވަޒީރު ކަމަށް އައްޔަންކުރިއިރު އޭނާގެ އްޕާފުޅު ތަކްސިން ޗިނަވާތުގެ އިތުރުން ބޮޑުދައިތާފުޅު ޔިންގލަކް ޗިނަވާތު ވެސް ތައިލެމްޑުގެ ބޮޑުވަޒީރުކަން ކުރެއްވިއެވެ. އެހެންކަމުން ޕޭޓޮންގޓާން ޗިނަވާތު ވެގެންދާނީ އެއާއިލާގެ 3ވަނަ ބޮޑުވަޒީރަށެވެ.



