ޕްރިމިއާ ލީގު 2024/25 ސީޒަން ފަށާ މެޗުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ފުލަމްއާ ދެކޮޅަށް ނުކުންނައިރު، މުބާރާތުގެ ފޯރި ދަނީ ހަމައެކަނި ދަނޑުމައްޗަކު ނޫނެވެ. ޚުލާސާ އިން ފެންޓަސީ ޕްރިމިއާ ލީގު (އެފްޕީއެލް) މުބާރާތް ހުޅުވާލިއިރު، އެ ލީގު ވަނީ އާންމުންގެ މެދުގައި ވައިރަލްވެ، ބޮޑު ތަރުހީބެއް ލިބިފައެވެ.
އޮގަސްޓް މަހުގެ 7 ވަނަ ދުވަހު އިއުލާންކުރި "ޚުލާސާ ފެންޓަސީ"، ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހަށް ސުންގަޑި ހަމަވާއިރު މިހާތަނަށް 1200 އަށް ވުރެއް ގިނަ މީހުން (ޔޫސަރސް) ވަނީ ބައިވެރިވެފައެވެ.
"ކިންގް އޮފް ޚުލާސާ އެފްޕީއެލް" ގެ ޝަރަފް ހޯދުމަށް ބައިވެރިވާން ޖެހޭ ގޮތް ތިރީގައިވާ ލިންކު މެދުވެރިކޮށް މައުލޫމާތު ލިބޭނެއެވެ.



