މިދިޔަ މާޗުގައި ރާއްޖެއަށް އެކްސްޕޯޓް ކުރި މުދަލުން ދައުލަތަށް 320 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މާޗުގައި ރާއްޖެއިން 124 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓުކޮށްފަ އެވެ. މިދިޔަ އަހަރުގެ މާޗުގައި 343 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ގައުމުތަކަކީ:
- ތައިލެންޑު - %33
- އިނގިރޭސިވިލާތް - %22
- ޖަރުމަންވިލާތް - %10
- އިންޑިއާ - %6
- ފަރަންސޭސިވިލާތް - %5
އިމްޕޯޓަށް ބަލާއިރު، މާޗުގައި ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %4 ވަނީ އިތުރުވެފަ އެވެ.
އެގޮތުން މިއަހަރުގެ މާޗު މަހު 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެކުރީ 4.2 ބިލިއަން ރުފިޔާގެ މުދަލެވެ.
އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތަކަކީ:
- އޮމާން: 777 މިލިއަން ރުފިޔާގެ މުދާ
- އިންޑިއާ: 763 މިލިއަން ރުފިޔާގެ މުދާ
- ޔޫއޭއީ: 671 މިލިއަން ރުފިޔާގެ މުދާ
- ޗައިނާ: 440 މިލިއަން ރުފިޔާގެ މުދާ
- ސިންގަޕޫރު: 401 މިލިއަން ރުފިޔާގެ މުދާ



