ރޭ އޮތް އެމްޑީޕީގެ ހަރުގެ ޖަލްސާގައި 20 މީހުންވެސް ހަމަނުވެއެވެ.
ކުރީގެ ސަރުކާރު ހިންގި ޕާޓީ އަދި މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިއްޔެ ބޭއްވި އެއްވުމުގައި 20 އަށް ވުރެ މަދު މީހުން ބައިވެރިވުމަކީ އެ ޕާޓީ ނިކަމެތިވެފައިވާ މިންވަރު އެނގޭ ކަމެކެވެ.
އެމްޑީޕީއަށް ފަހަކަށް އައިސް އެއްވެސް އިންތިހާބަކުން ކާމިޔާބެއް ނުލިބެއެވެ. ޕާޓީ ތެރޭގައި ދެބަސްވުމާއި ކޯޅުންތައް އުފެދިފައިވާއިރު މިހާރުއްސުރެ ރިޔާސީ ޓިކެޓާއިމެދު ޕާޓީގެ އެންމެ އެތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށް ހަބަރު ލިބެއެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރަކު ނަން ހާމަނުކުރުމަށް އެދި ބުނީ ރިޔާސީ ޓިކެޓަށް އަބްދުﷲ ޝާހިދު މަސައްކަތް ކުރައްވާ ކަމަށާއި ނަމަވެސް ޕާޓީގެ ގިނަ މީހުން އެކަމާ ގަބޫލެއް ނޫނެވެ. އަދި ޕާޓީގެ ހިންގުން ވަރަށް ދޯދިޔާ ކަމަށެވެ.
ރޭ އޮތް ޕާޓީ އިވެންޓުގައި ޕާޓީގެ ޒުވާނުންގެ މެމްބަރަކު ވާހަކަ ދެއްކިއިރު، މި ހަރަކާތަށް ހާޒިރީ މަދުވުމުން އެމްޑީޕީއަށް އާންމުންގެ ތާއީދު އޮތް މިންވަރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.



