ކޮންމެ ކުއްޖެއްގެވެސް އެންމެ ބޮޑު އުފަލަކަށް ހަދަންވާނީ ދިވެހި ޤައުމަށް ރީތިނަން ހޯދައިދިނުންކަމަށް ވިދާޅުވެ ގަރލްގައިޑް ކުދިންނަށް ޗީފް ގައިޑް އަދި ފަސްޓް ލޭޑީ ވަނީ ނަސޭހަތާއި އުއްމިދުތަކެއް ދެވާފައެވެ.
ޗީފް ގައިޑް މިހެން ވިދާޅުވީ، "ސިލޯނާ ކޭންޕް 2024" ގައި މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑުންނާއި، ލީޑަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ސިލޯން ކޭމްޕް 2024 ގައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަސްޓް ލޭޑީ އަދި ޗީފް ގައިޑް މެޑަމް ސާޖިދާ މުހައްމަދު ވަނީ ޒުވާން އަންހެން ކުދިންގެ ހުނަރާއި އަޚްލާޤާއި ތައުލީމީ ހޭލުންތެރިކަން ކުރިއެރުވުމުގައި ގާލް ގައިޑް ހަރަކާތުން އަދާކުރާ ދައުރަށް ތައުރީފު ކުރައްވާފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި މި ހަރަކާތަކީ ބައިވެރިންނަށް އިތުރު އުނގެނުމާއި ކިޔަވައިދިނުމުގެ ހުނަރުތައް ހޯދުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށާއި އެއީ އެމީހުންގެ އަމިއްލަ ކުރިއެރުމާއި ކުރިއަށް އޮތް ކާމިޔާބީއަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. މެޑަމް ސާޖިދާ ވަނީ އެކުދިންގެ ގާބިލްކަން އިތުރުކޮށް، މުޖުތަމައުތަކަށް ޙިއްޞާ ކުރުމަށްޓަކައި މިފަދަ ކޭމްޕްތަކުން ހުށަހަޅާ ތަޖުރިބާތައް ފުރިހަމައަށް ބަލައިގަތުމަށް ހިތްވަރު ދެއްވާފައެވެ. އަދި ހާއްސަކޮށް ދީނީ ކަންތަކަށް ފަރުވާ ބެހެއްތުމަށް ސާޖިދާ ނަސޭހަތްތެރިވިއެވެ.
ލީޑަރޝިޕް އެންޑް ޕާސަނަލް ޑިވެލޮޕްމަންޓަށް ސިލޯން ކޭމްޕް 2024 ގައި 38 ސްކޫލަކުން 344 ބައިވެރިވެއެވެ. މިމަހުގެ 18 އިން 23 އަށް ކުރިއަށްދާ މި ހަރަކާތަކީ ޒުވާން އަންހެން ކުދިންގެ މެދުގައި ލީޑަޝިޕާއި ހުނަރު ތަރައްގީކުރުމާއި އަޚްލާގީ ތައުލީމު އުފެއްދުމަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ. ޗީފް ގައިޑް މެޑަމް ސާޖިދާ މުހައްމަދު ބައިވެރިންނާ މުހާތަބު ކުރައްވައި، ގައުމީ އަދި ދީނީ އައިޑެންޓިޓީތަކަށް އިހުތިރާމް ކުރިއެރުވުމާ އެކު އިންޓަޕާސަނަލް ރިސްޕެކްޓް އިތުރު ކުރުމަށް ކޭމްޕްގެ މަގުސަދަށް އަލިއަޅުއްވާލެއްވި އެވެ. މި ކޭމްޕަކީ ގާލް ގައިޑް ހަރަކާތުގެ ތެރެއިން ގައުމުގެ ކުރިއަށް އޮތް ލީޑަރުން ތަރުބިއްޔަތު ކުރުމަށް މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި ދެކެވޭ ކޭމްޕެކެވެ.



