ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސް މެދުވެރިކޮށް ދެއްވި ތަހުނިޔާ މެސެޖަށް 1.1 މިލިއަން ވިއުސް ލިބިއްޖެއެވެ.

އިންޑިއާގެ އަހަރީ ދުވަހާ ގުޅިގެން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓު
އެމަނިކުފާނު ވަނީ އިންޑިއާގެ ރައީސް ރަޝްޓްރަޕަތީ ބަވަން އަދި ބޮޑުވަޒީރު ނަރޭންދްރަ މޯދީ އަށާއި އިންޑިއާގެ ރައްޔިތުންނަށް ހިތުގެ އަޑިން ތަހުނިޔާ ދަންނަވާފައެވެ.
ރައީސް މުޢިއްޒުގެ ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު އޮތް ރަޙްމަތްތެރިކަމަކީ ތާރީޚުގައި އަސްލު އޮތް، ދިވެހިރާއްޖެއާއި މި ސަރަޙައްދުގެ ކުރިއެރުމާއި ތަރައްޤީއަށް މަގުފަހިކޮށްދޭ ގުޅުމެއް ކަމަށެވެ. އަދި ކުރިމަގުގައި ދެ ޤައުމުގެ ބައިވެރިކަން އިތުރަށް ވަރުގަދަވެ، ދެފަރާތުގެ ކުރިއެރުމާއި އެކުގައި ހިއްސާކުރާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވާނެ ކަމުގެ ޔަޤީންކަން އޮތްކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރައީސަށް ޝުކުރު ދަންނަވާ ބޮޑުވަޒީރު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓު
ރައީސް މުޢިއްޒުއަށް ޝުކުރު ދަންނަވަމުން ބޮޑުވަޒީރު މޯދީ އެކްސްގައި ވިދާޅުވެފައިވަނީ އިންޑިއާއިން ދެކޭ ގޮތުގައި ރާއްޖެއަކީ އަގުހުރި ރަހުމަތްތެރިއެއް ކަމަށާއި، ދެ ޤައުމުގުޅިގެން މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށެވެ.



