ސަސްޕެންޝަނުގައި ހުރި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.
އެކަމަކު، އޭނާ ވަކިކުރި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
މިނިސްޓަރު ވަކިކުރިއިރު، އޭނާއާއި ބެހޭގޮތުން ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެއެވެ.
އޭނާގެ ކުރީގެ އަނބިކަނބަލުން، އެންވަޔަރަމަންޓުގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ވެސް ޖޫން މަހު ރަމީޒާ އެކު ސަސްޕެންޑުކުރިއެވެ.
މިސަރުކާރުގެ ސިޔާސަތަކީ ކޮރަޕްޝަނުގެ އަމަލެއް ހިންގާނަމަ ނުވަތަ އެކަމަކަށް ތުހުމަތު ކުރެވޭނަމަވެސް ވަގުތުން ވަޒީފާއިން ވަކިކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އިއްޔެ ނިންމާފައިކަން ފާހަގަކުރެވެއެވެ.



