ދާދި ފަހުން މަރާމާތު ކުރުމަށް ފަހު ސިނަމާ ބުރިޖް މޮނިއުމަންޓް އަލުން އަލިކޮށް، ތާޒާ ނޫކުލައެއް ފެނިގެން ގޮސްފައިވާއިރު، މިއީ އެ ސަރަހައްދުގެ އެންމެ މުހިންމު އެއް އިންފްރާސްޓްރަކްޗާ ބެލެހެއްޓުމުގައި މިސަރުކާރުން ހޯދި ކުރިއެރުންތަކުގެ އިޝާރާތެކެވެ. ސަބަބަކީ ފާއިތުވި 5 އަހަރު އެތަނަކީ ކުލަ ވެއްޓި, ދަބަރަށްވުމަށ" ދޫކޮށްލި ތަނެއް ކަމަށް ވެފައި މިއަދު އެކަން އެމަގުން ނުހިނގާތީއެވެ.

ސިނަމާލެ’ ބްރިޖް ކޮންޓްރެކްޓަރު، ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ސީސީސީސީ) ގެ އިސް އޮފިޝަލުންނާ ރައީސް ޑރ.މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ - ޖެނުއަރީ 8، 2023. (ފޮޓޯ/ރައީސް އޮފީސް)
ބުރިޖްގެ މެއިންޓަނަންސް މަސައްކަތް އެ ބަލަހައްޓަނީ މިއަހަރުގެ މާޗް މަހު ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އާއި ހަވާލުކުރި ތިން އަހަރުގެ މެއިންޓެނަންސް ކޮންޓްރެކްޓެއްގެ ތެރެއިންނެވެ.
ސީސީސީސީގެ ސެކަންޑް ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑުން ހިންގާ މި މެއިންޓެނަންސް މަސައްކަތްތަކުގައި ސިނަމާލެ ބްރިޖުގެ އިންޓެގްރިޓީއާއި ފަންކްޝަނަލިޓީ ދެމެހެއްޓުމަށް އަމާޒުކޮށްގެން ފުރިހަމަ މަސައްކަތްތަކެއް ހިމެނެ އެވެ. މި މަޝްރޫއުގެ ތެރޭގައި ފިނިޝިން އާއި މަރާމާތު ކުރުމުގެ މަސައްކަތް، ޕްރިވެންޓިވް މެއިންޓެނަންސް، އަދި ރޫޓިން އެސެސްމަންޓްސް ކޮށްގެން މަރާމާތު ކުރަން ޖެހޭ ކަންކަން ދެނެގަނެ އެކަންކަން ހައްލުކުރުން ހިމެނެ އެވެ.
ރައީސް މުއިއްޒު މޭޔަރުކަމަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ މޭސްތިރިކަމުގައި-ހައުސިންގ މިނިސްޓަރުގެ މަގާމުގައި ފެށި އިންޖިނިއަރިންގެ މޮޅުކަމުގެ ރަމްޒެއް ކަމަށްވާ ސިނަމާ ބުރިޖަކީ މާލެއާއި ހުޅުމާލޭގެ ޓްރާންސްޕޯޓޭޝަން ނެޓްވޯކްގައި ވަރަށް މުހިންމު އެއް ވަސީލަތެވެ.
ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް ދިވެހި ޓެކްނީޝަނުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާއިރު، އެ އެގްރީމަންޓްގެ ދަށުން ސްޕެޝަލައިޒްޑް ތަމްރީނުތައް ވެސް ހޯދަމުން އެބަދެއެވެ. މި ތަމްރީނުގައި ބްރިޖް އިންޖިނިއަރިންގ، ރޯޑް އިންޖިނިއަރިންގ، އިލެކްޓްރޯމެކޭނިކަލް ސިސްޓަމްސް، ޓްރެފިކް ސޭފްޓީ، ފެސިލިޓީ ލޭންޑްސްކޭޕިންގ، އަދި ބްރިޖް މެއިންޓެނަންސްގެ އެކި ކަންތައްތައް ހިމެނެއެވެ. މީގެ މަގުސަދަކީ ކުރިއަށް އޮތްތަނުގައި ބްރިޖް ބެލެހެއްޓުމުގެ ކަންކަން މިނިވަންކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ ހުނަރުތައް ލޯކަލް ޕްރޮފެޝަނަލުންނަށް ފޯރުކޮށްދިނުމެވެ.
މި މަސައްކަތަށް ޗައިނާ ސަރުކާރުން ވަނީ 3.6 މިލިއަން ޑޮލަރު ކޮމިޓްކޮށް، ސިނަމާ ބުރިޖުގެ ދިގު މުއްދަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ފަށާފައެވެ. މެއިންޓެނަންސް މަޝްރޫއަކީ ހަމައެކަނި ބްރިޖް ރައްކާތެރިކުރުމުގެ މަޝްރޫއެއް ނޫން ކަމަށާއި އިންފްރާސްޓްރަކްޗާ މެނޭޖްމަންޓްގެ ދާއިރާއިން ލޯކަލް ތަޖުރިބާ އުފެއްދުމުގެ މަޝްރޫއެއް ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ސިނަމާ ބްރިޖް މޮނިއުމަންޓް އަލުން އަލިކުރުމަކީ މި މުހިންމު އިންފްރާސްޓްރަކްޗަރ އާލާކުރުމުގެ ރަމްޒެވެ. މި މޮނިއުމަންޓަކީ މި ސަރަހައްދުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ޗައިނާ އާއި މިސަރުކާރާއި ގުޅިގެން ކުރާ މަސައްކަތުގެ ހަނދާން އާކޮށްދޭ މޮނިއުމަންޓެކެވެ.

ސިނަމާލެ ބްރިޖުގެ މޮނިއުމަންޓް މަރާމާތުކޮއްފައި - ފޮޓޯ: ނައުޝަމް ވަހީދު/ޚުލާސާ
ސިނަމާލެ ބްރިޖުގައި ސީސީސީސީން ބައިވެރިވުމަކީ އާ ކަމެއް ނޫނެވެ. ރާއްޖޭގައި ހިންގާ މޮނިއުމަންޓަލް މަޝްރޫއެއް ކަމަށްވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ވެސް ހަމަ އެމީހުންނެވެ. އެ މަޝްރޫއު ނިންމަން ގާތްގަނޑަކަށް ހަތަރު ވަރަކަށް އަހަރުން 200 މިލިއަނަށްވުރެ ގިނަ ޑޮލަރެވެ.
ސިނަމާލެ ބުރިޖުގެ މެއިންޓެނަންސް މަސައްކަތް ކުރިއަށްދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ބުރިޖުގެ ސަލާމަތާއި، ފަންކްޝަނަލިޓީއާއި، ރީތިކަމުގެ ޝައުގުވެރިކަން ކަށަވަރުކުރުމަށް ސަރުކާރާއި ސީސީސީސީން ވައުދުވެ އެވެ. އަލުން އަލިކޮށްފައިވާ މި މޮނިއުމަންޓަކީ މި މަސައްކަތްތަކުގެ ވިޝުއަލް ހެކި، ދެމެހެއްޓެނިވި އެއްބާރުލުމާއި ތަރައްގީގެ ރަމްޒެއްގެ ގޮތުގައި ވިދާލާފައިވާ މޮނިއުމަންޓެކެވެ.



