ރަޝިއާ-ޔުކްރޭނު ހަނގުރާމައިގައި ޒެލެންސްކީއަށް ކުރިއެރުންތަކެއް ލިބެން ފަށައިފިއެވެ.
ޔޫކުރޭނުން ރަޝިޔާ އަށް ވޭތުވެދިޔަ ހަފްތާތަކުގައި ސިލްސިލާކޮށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެންނާއި ޔޫކުރޭނުގެ ސިފައިން ވަނީ ބައެއް ސަރަހައްދުތަކުގައި ކުރިއަށް ޖެހި ބައެއް ސަރަހައްދުތައް ހިފާފައެވެ.
ބަލްގްރޭޑަށް ހަމަލާދީ އެތަނުގެ އިމާރާތްތަކަށް ގެއްލުން ލިބި ގިނަ ބަޔަކު މަރުވެފައިވާތީ ، ބައެއް ސަރަހައްދު ތަކުގައި މިހާރު ކާފިޔު އިއުލާން ކޮށްފައިވާކަމަށް އެތަނުގެ މޭޔަރު ވިދާޅުވެފައިވާކަމަށް ބީބީސީ ގައި ބުނެފައިވެއެވެ.
ޔޫކުރޭނުގެ ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ، މިހާތަނަށް ރަޝިޔާގެ ކިރުސިކް ސަރަހައްދުން 75 ޑިސްޓްރިކްޓް އާއެކު 1000 ކިލޯމީޓަރުގެ ސަރަހައްދެއް އަތުލެވިއްޖެކަމުގައެވެ.
ރަޝިޔާއިން ބުނާގޮތުގައި ރޭގަނޑު ރަޝިޔާ ސަރަހައްދަށް ވަދެފައިވާ ޔޫކްރޭނުގެ 117 ޑްރޯން ވައްޓާލާފައި ވާނެކަމަށެވެ. ރަޝިޔާގެ ސީނިއަރ ކޮމާންޑަރަކު ވިދާޅުވެފައިވަނީ ، ޔުކްރޭނުގެ ސިފައިންގެ ކުރިއެރުން މިހާރު ހުއްޓުވާފައި ވާކަމަށެވެ. މިހަމަލާތަކާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯބައިޑެން ވިދާޅުވެފައިވަނީ ، މިހަމަލާތަކުގެ ސަބަބުން ރަޝިޔާއަށް އުދަގޫ މަރުހަލާތަކެއް ކުރިމަތިވެފައި ވާކަމަށެވެ.
ރަޝިޔާގެ ހަމަލާތައް ބަލްގްރޭޑަށް އެރިކަމެއް ނުވަތަ ނޫންކަމެއް ސާފު ނުވާކަމަށާއި އަދި އިތުބާރު ހުރި އެހެން ފަރާތަކުން ވެސް އެކަން ކަށަވަރު ކޮށްދީފައި ނުވާކަމަށް ވެއެވެ. އެހެން ނަމަވެސް ބަލްގްރޭޑްގެ ގަވަރުނަރު ފޮނުއްވި ޓެލެގްރާމެއްގައި ވިދާޅުވެފައިވަނީ ، މި ވަގުތަކީ އުނދަގޫ ވަގުތެއް ކަމަށާއި ޔޫކުރޭނުގެ ހަމަލާތަކުން އިމާރާތްތަކަށް ގެއްލުން ވުމުގެ އިތުރުން ގިނަބަޔަކު މަރުވެ އަދި ޒަހަމު ވެފައިވާކަމަށެވެ. ޔޫކުރޭނުގެ ޖެނެރަލަކު ވިދާވީ ރަޝިޔާގެ 100 ސިފައިން ހައްޔަރުކޮށްފައި ވާނެކަމަށެވެ.



