އިންޑިއާގެ ކޮލްކަތާގެ އާރް.ޖީ ކާރު މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި 31 އަހަރުގެ އަންހެން ތަމްރީނު ޑޮކްޓަރަކު ރޭޕްކޮށް މަރާލުމާއި ގުޅިގެން އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ފެށިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގައި ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 33 އަހަރުގެ ސިވިކް ވޮލަންޓިއަރެއް ކަމުގައިވާ ސަންޖޮއި ރޯއި ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރެވިފައިވަނީ ކުށުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭތީއެވެ. ހެކީގެ ގޮތުގައި ފެނުނު ކަނޑާލެވިފައިވާ ބްލޫޓޫތު އިއަރފޯނެއްގެ ސަބަބުން އޭނާ ހައްޔަރުކުރުމަށް މަގުފަހިވިއެވެ.
މި ހާދިސާއާއި ގުޅިގެން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ޑޮކްޓަރުންނާއި މެޑިކަލް ދަރިވަރުން ދަނީ މި ހިތަމަވެރި ހާދިސާ އާއި ގިޅޭ ގޮތުން އިހްތިޖާޖްކުރަން ނުކުމެފައިއެވެ. އިހުތިޖާޖުކުރާ ފަރާތްތަކުން ގޮވާލަނީ ޞިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައިފައިއެވެ.
އެންމެ ފަހުގެ ޚަބަރުތަކުން އެނގޭ ގޮތުގައި ބުދަ ދުވަހުގެ ރޭ ކޮލްކަތާގައި ބޭއްވުނު 'ރިކްލެއިމް ދަ ނައިޓް' މުޒާހަރާ ވަނީ އަނިޔާވެރިވެ (ވައިލެންޓް)އިހްތިޖާދަކަށް ބަދަލުވެ، ޕްރޮޓެސްޓަރުން ވަނީ ކޮލްކަތާގެ އާރް.ޖީ. ކާރު މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލަށް ވަދެ ހަޅުތާލަ ކޮއްފައިއެވެ.
މި ހިތަާމަވެރި ހާދިސާއާއި ގުޅިގެން ހަލުވިކަމާއިއެކު މައްސަލަ ބަލަމުންދާކަމަށް އިންޑިއާގެ ފުލުހުން ވަނީ މީޑިއާއަށް މައުލޫމާތު ދީފައިއެވެ.



