އެމެރިކާގެ އެހީއާއި އެކު ދ.ކޮރެއާއިން ޗައިނާއާއި ދެކޮޅަށް ނިއުކްލިއާ ސަބްމެރީނެއް ނެރެނީ

ޢަބްދުﷲ ޖުނައިދު | 14 ދުވަސް ކުރިން - 16 ނޮވެންބަރު 2025 14:06
ކުއްލި ޚަބަރު: އެމެރިކާގެ އެހީއާއި އެކު ދ.ކޮރެއާއިން ޗައިނާއާއި ދެކޮޅަށް ނިއުކްލިއާ ސަބްމެރީނެއް ނެރެނީ
ކުއްލި ޚަބަރު: އެމެރިކާގެ އެހީއާއި އެކު ދ.ކޮރެއާއިން ޗައިނާއާއި ދެކޮޅަށް ނިއުކްލިއާ ސަބްމެރީނެއް ނެރެނީ
ޚުލާސާ

މިއީ ދެކުނު ކޮރެއާގެ ފުރަތަަމަ ނިއުކްލިއާ ސަބްމެރިން ކަމަށް ވާއިރު އެމެރިކާގެ އެހީއާއެކު 2030 ގައި ދެކުނު ކޮރެއާގެ އަސްކަރިއްޔާ އަށް ސަބްމެރިން ނެރޭނެ.

އެމެރިކާގެ އެހީއާއި އެކު ދެކުނު ކޮރެއާ އިން ނިއުކްލިއާ ސަބްމެރިން އެއް ނެރެން ފާސް ކޮށްފިއެވެ. އެމެރިކާގެ އިސް އޮފިޝަލަކާއި ޙަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ސީދާ ޗައިނާ އާއި ދެކޮޅަށް ކުރާ މަސައްކަތެކެވެ.

މިއީ ދެކުނު ކޮރެއާގެ ފުރަތަަމަ ނިއުކްލިއާ ސަބްމެރިން ކަމަށް ވާއިރު މި ސަބްމެރިން ވުޖޫދު ކުރުމަށް ބޭނުންވާ ޓެކްނޮލޮޖީ ފޯރުކޮށްދެނީ އެމެރިކާ އިންނެވެ.

ދެކުނު ކޮރެއާއިން ބުނީ 2030 ވަނަ އަހަރު މި ސަބްމެރިން ލޯންޗުކުރާނެ ކަމަށެވެ.

މުޅި އޭޝިޔާގައި ވެސް ނިއުކްލިއާ ސަބްމެރީން ހުރީ އިންޑިއާ އާއި ޗައިނާގައި އެކަންޏެވެ. އިންޑިއާއިން ނިއުކްލިއާ ދެ ސަބްމެރީން އޮޕރޭޓް ކުރާއިރު ޗައިނާ އަސްކަރިއްޔާގައި 12 ނިއުކްލިއާ ސަބްމެރިން އޮވެއެވެ.

ދުނިޔޭގައި ނިއުކްލިއާ ސަބްމެރީން ގެންގުޅެނީ ބަރާބަރު ހަޤައުމަކުންނެވެ. އެއީ އެމެރިކާ، ރަޝިޔާ، ޗައިނާ، އިނގިރޭސިވިލާތް، ފްރާންސް އަދި އިންޑިއާއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%