ރައީސް މުއިއްޒުގެ ޑިމޮކްރެޓިކް ނިޒާމުގައި އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ މަޖިލިސް ތަމްސީލުކުރުމުގެ ނަޒާހަތްތެރިކަމެވެ. ސަރުކާރާއި ރައްޔިތުންގެ ހަމަޖެހުމާއި އަދި ޑިމޮކްރެޓިކް މެންޑޭޓްތަކުގެ މުޤައްދަސްކަމަށް ބުރޫއަރާ ސިޔާސީ ޑިފެކްޝަންތައް ހުއްޓުވުމަކީ ރައީސްގެ އަމާޒެވެ. އެންޓި-ޑިފެކްޝަން ބިލް ތަޞްދީޤު ކުރެއްވީވެސް އެހެންވެ އެވެ. ނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ އެމްޑީޕީން އެންޓި-ޑިފެކްޝަން ބިލް ފާސްކުރީ އެންމެ ފުރަތަމަ މަޖިލީހުގެ ފުލޯއަށް މި ބިލް ހުށަހެޅިއިރު ހުރި ގޮތަކަށް ނޫނެވެ. މެމްބަރު ޕާޓީ ބަދަލުކުރިޔަސް ގޮނޑި ގެއްލޭނެ ކަމުގެ ވަހަކައިގެ ބަދަލުގައި އެމިހުން ލިޔުނީ އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ. ކޮންމެޔަކަސް، ގިނަ ކަންތަކެއް ބަދަލުކޮށްފައިވި ކަމުގައި ވިޔަސް ، މިއީ މުހިއްމު ބިލެއް ކަމަށް ވާތިވެ އެމްޑީޕީން ފާސްކުރި ގޮތަށް ޤައުމުގެ މަތީ މަސްލަހަތުގެ ކަރާމާތް ދެމެހެއްޓެވުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އެބިލް ތަޞްދީޤު ކުރެއްވީއެވެ. އޭރުން ފަހުންވެސް އިޞްލާޙް ކުރަންޖެހޭ ތަންތަން އިޞްލާޙް ކުރެވިދާނެތީއެވެ. އެމަނިކުފާނު ތަޞްދީޤު ކުރެއްވި އެންޓި ޑިފެކްޝަން ޤާނޫނަކީ މި ނަޒާޙަތްތެރިކަން ދެމެހެއްޓުމުގެ ބިންގަލެވެ.
ސަރުކާރުން ގެންނާނީ ކޮން އިޞްލާޙް ތަކެއް..؟1. މިނިވަން ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކާއި ގުޅުންޤާނޫނުގައި މުހިއްމު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އޭގެ ފަހުން ޕާޓީއަކާ ގުޅިފައިވާ މިނިވަން ކެންޑިޑޭޓުންނަށް ވުރެ ޕާޓީ ލައިންތަކުގެ ތެރޭގައި ހިނގާ ޑިފެކްޝަންތަކަށެވެ. ނަމަވެސް ޤާނޫނުގެ ރޫޙު އެނބުރެނީ އިންތިޚާބީ ދާއިރާގެ އަސްލު މެންޑޭޓް ދަމަހައްޓައިގެންނެވެ. އެހެންކަމުން މިނިވަން ޕްލެޓްފޯމްތަކުގައި އިންތިހާބުކުރާ ބޭފުޅުން އިންތިހާބު ނިމުމުން ޕާޓީ ބަދަލު ކުރުމަކީ ވޯޓުލާ މީހުންގެ އިތުބާރަށް ބުރޫނާރާނެ ކަމެކެވެ.މި ފަރަޤު ހައްލުކުރުމަށްޓަކައި އެންޓި ޑިފެކްޝަން ޤާނޫނަށް އިޞްލާޙު ގެނެސް، އިންތިޚާބަށް ފަހު ސިޔާސީ ޕާޓީތަކާ ގުޅިފައިވާ މިނިވަން ކެންޑިޑޭޓުންނަށް ކުރާނެ ނަތީޖާތައް ކަނޑައަޅާ މާއްދާތައް ހިމަނާލެވިދާނެ އެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން މަޖިލީހުގެ ނަޒާޙަތްތެރިކަން ރައްކާތެރިކުރުމުގެ މަޤްޞަދު އެ ޤާނޫނުން އިތުރަށް ވަރުގަދަ ވެގެން ދާނެއެވެ.2. ހުއްދަ ނުހޯދައި ޕާޓީގެ ދަފްތަރުގައި ޖެއްސުން؛ޕާޓީއެއްގެ ޓިކެޓެއްގައި ނުވަތަ މިނިވަންކަމާއެކު އިންތިޚާބު ކުރެވޭ މެންބަރަކު އޭނާއަށް ނޭނގި އެހެން ޕާޓީއަކަށް ވެއްދިދާނެތޯ މިއީ ސުވާލެކެވެ. އީސީ ހަމީދު މިސުވާލު އުފައްދާއިރު ކުރިން މިދެންނެވި މިނިވަން ކެނޑިޑޭޓަކު ޕާޓީއަކަށް ވަނީމާ ގޮނޑި ގެއްލޯތޯވެސް އޭނާ ސުވާލު އުފެއްދިއެވެ.ހަޤީޤަތަކީ އެމީހަކަށް ނޭނގި ޕާޓީއެއްގެ ދަފްތަރުގައި އެމީހާ ޖެއްސުން އެއީ އިލެކްޝަން ކޮމިޝަނުގެ މައްސަލަ އެކެވެ. މެމްބަރޝިޕް ފޯމު ކަށަވަރު ކުރުމަކީ އީސީގެ ޒިންމާއެކެވެ. މިފަދަ ޙާލަތްތަކުގައި އިލެކްޝަންސް ކޮމިޝަނުން މިކަން ރައްޔިތުންގެ މަޖިލީހަށް އަންގާއިރު، އެމްޑީޕީގެ މެޖޯރިޓީގައި ފާސްކުރި ދެކޮޅުނުޖެހޭ މި މައްސަލަތަކުގައި އެންޓި ޑިފެކްޝަން ޤާނޫނުގައި ސާފު މާއްދާތަކެއް ނެތުމުން، އެކަށީގެންވާ ފިޔަވަޅު އަޅަންޖެހޭ ގޮތް ބަޔާން ކުރަން އެބަ ޖެހެއެވެ.ޢިއްޒަތްތެރި މެމްބަރުގެ އިޚްތިޔާރަކާއި ނުލައި ނުވަތަ ހުއްދަ ނެތި ސިޔާސީ ޕާޓީއާއި ގުޅުން ހުރި ޙާލަތްތަކަށް ފަރުވާކުޑަ ނުކުރެވޭނެ އެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން މަޖިލީހުގެ އަޚްލާޤާއި މެދު ސުވާލު އުފެދުމުގެ އިތުރުން އިންތިޚާބު ވެފައިވާ މަންދޫބުންނަށް ޚުދުމުޚުތާރުކަމުގެ ސިފަ ފާޅުކުރުމުގެ ފުރުޞަތު ލިބިގެން ދާނެއެވެމި އުނިކަން ހައްލުކުރުމަށްޓަކައި އެންޓި ޑިފެކްޝަން ޤާނޫނަށް އިޞްލާޙްތައް ގެނެސް ޕާޓީތަކާ ގުޅުން ހުރި ކަންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމަނަން ޖެހެ އެވެ.ޑިމޮކްރެޓިކް ތަމްސީލުކުރުމުގެ އުޞޫލުތައް ރައްކާތެރިކޮށް، މެމްބަރުންގެ ސިޔާސީ ބައިޢަތު ހިފުމުގެ މައްސަލަ ކަށަވަރުކުރުމަށް ސާފު ގައިޑްލައިންތަކާއި މެކޭނިޒަމްތައް ޤާއިމްކުރަން ޖެހެ އެވެ.އެންޓި ޑިފެކްޝަން ޤާނޫނަކީ ޕާލަމެންޓްރީ ޑިމޮކްރަސީގެ ނަޒާޙަތްތެރިކަން ދެމެހެއްޓުމުގައި މުހިންމު ޤާނޫނު ހަދާ ވަސީލަތެއްގެ ގޮތުގައި ކޮޅަށް ހުންނަ ޤާނޫނެކެވެ. ނަމަވެސް ކުރިން ދެންނެވި މަންޒަރުތަކުން ދައްކާ ގޮތުގައި ސަމާލުކަމާއި އިސްލާހު ކުރަންޖެހޭ 'ހިރަފުސް' އަރާފައިވާ ސަރަހައްދުތަކެއް އެބަހުއްޓެވެ.މި ފަރަޤުތަކަށް އަމާޒުކޮށް އިޞްލާޙުތަކުގެ ތެރެއިން ހައްލުކޮށްގެން، ޑިމޮކްރެޓިކް ވެރިކަމާއި މަޖިލީހުގެ ނަޒާޙަތްތެރިކަމުގެ އަސާސީ އުޞޫލުތައް ހިފެހެއްޓުމުގައި ޤާނޫނު ހަދާ މަޖިލީހުގައި ސީދާ ރައިސުލް ޖުމްހޫރިއްޔާގެ ލަފަޔާއިއެކު ޕީއެންސީން މިކަމުގައި ހައްލު ހޯދައިދޭނެއެވެ.