ޝާރުޚް ޚާންއޭ ބުނުމުން ނުދަންނަ މީހެއް ވަރަށް މަދުވާނެއެވެ. ކޮންމެ ފަހަރަކު މީހަކު ޝާރުޚް ޚާންއަށް ތަޤްލީދުކުރަން( އިމިޓޭސް) ޖެހުނަސް، އެމީހުން ހަމައެކަނި ކުރަނީ އޭނާ ގެ އަކޮނިކް ޕޯޒްއެވެ. "ކުޗް ކުޗް ހޯތާ ހައި"، "ކަބީ ޚުޝީ ކަބީ ގަމް" ނުވަތަ "މުހައްބަތެއިން" ފަދަ ފިލްމުތަކާއެކުން ޝާރުޚް ވަނީ އެންމެންގެ މަޤުބޫލްކަން ހޯދާފައެވެ. އެންމެފަހުން، ލޮކާރްނޯ ފިލްމް ފެސްޓިވަލްގައި ބޭއްވުނު ލައިވް އިންޓަރެކްޝަނެއްގައި، 58 އަހަރުގެ މި އެކްޓަރު ވަނީ އޭނާގެ މިހާރު މަޝްހޫރުވެފައިވާ ޕޯޒް އޭނާ ފުރަތަމަ ދެނެގަތީ ކިހިނެއްކަން ހާމަކޮށްފައެވެ. 

ޝާހުގެ ގާތު ފޭނަކު އެ ޕޯޒްގެ ފަހަތުގައިވާ ވާހަކަ ކިޔައިދިނުމަށް އެދުނެވެ. ސީދާ އެ ހާލަތު ހަނދާންކުރަން ކުޑަ ވަގުތުކޮޅެއް ނެގުމަށްފަހު، ޝާރުޚް ޚާން ބުންޏެވެ، "އަސްލު ވީގޮތަކީ އިންޑިއަން ސިނެމާގައި، ޚާއްޞަކޮށް 90 ގެ އަހަރުތަކުގައި، ޑިޕް އަކީ ވަރަށް މަޝްހޫރު އެއްޗެކެވެ." އެކްޓަރު ތެދުވެ އޭނާގެ އޯޑިއެންސް އަށް އޭނާގެ ލަވައެއް ކިޔާލުމަށް އެދުމާއެކު އޭނާގެ ޑިޕް ދައްކާލިއެވެ. ދެން އެކްޓަރު އިތުރުކުރިއެވެ، "އަހަރެންނަކަށް ޑިޕް ނުކުރެވުނެވެ. އެހެންވީމާ، އަހަރެން ވަރަށް ލަދުގަތީމެވެ. މުޅި އެ ރޭ އަހަރެންގެ ކޮޓަރީގައި އެކަން އަހަރެން ޕްރެކްޓިސްކުރީމެވެ. ޖެހިގެން އައި ހެނދުނު، އަހަރެންގެ ކޮރިއޯގްރާފަރު ސަރޯޖް ޚާންއަށް ބުނި ހަނދާންވަނީ، 'މެޑަމް، ރެޑީތަ؟' އޭނާ ބުންޏެވެ، 'އާނ، އެކަމަކު ސާޚްއަށް ޑިޕް ނުކުރެވޭތީ، ހަމައެކަނި ތިތާ ހުރެ އަތްތައް ނެރެލާށެވެ.' އަހަރެން އޭނާއަށް ޑިޕް ދެއްކީމެވެ.

"މިއީ އަހަރެންގެ އައިކޮނިކް ޕޯޒް އުފެދިގެން އައިގޮތް" ޝާރުޚް ހިއްސާކުރިއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން ޝާރުޙްގެ ފޭނުން އަންނީ މި ޕޯޒް ކޮޕީ ކުރަމުންނެވެ.