އެމެރިކާގެ ޑިފެންސްގެ މުހިންމު ސިއްރުތަކެއް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ޗައިނާ އާއި ހިއްސާ ކޮށްފި ކަމަށް ފައިނޭންޝިއަލް ޓައިމްސް އިން ބުނެފި އެވެ.
ފައިނޭންޝަލް ޓައިމްސް އިން ބުނީ ޔޫއޭއީ އިން ވަނީ އެމެރިކާގެ ވަރަށް ނާޒުކު ދިފާއީ ޓެކްނޮލޮޖީތައް ޗައިނާގެ ކުންފުންޏަކާއި ސިއްރުން ހިއްސާކޮށްފައެވެ.
އެމެރިކާގެ ޖާސޫސީ މަސްދަރުތަކަށް މިކަމާއި ބެހޭ ފައިލްތައް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މި މައުލޫމާތުތަކުގެ ސަބަބުން ޗައިނާއަށް މިސައިލް ރޭންޖާއި ފަޔަރ ޖެޓް ސިސްޓަމްތައް އަޕްގްރޭޑް ކުރުމަށް މަގުފަހިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާ އާއި ގުޅުންހުރި މަސްދަރުތަކުން މި ވާހަކަތައް ފެތުރި ކަމުގައި ވިޔަސް، މިއީ ހަގީގަތެއް ނޫންކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އަދި މިއީ އެމެރިކާ އަށްވުރެ މިސައިލް ޓެކްނޮލޮޖީ ގައި ޗައިނާ ކުރިއަތމރާތީވެ، އެމެރިކާ އަށް ހަޖަމު ނުކުރެވިގެން އަރުވާ އަޑުތަކެއް ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
މިފަހުން ޗައިނާއިން ވަނީ އެއްފަހަރާ 1000 މިސައިލް ދުނިޔޭގެ ކޮންމެ ތަނަކުން ފޮނުވިޔަސް ވަގުތުން އެ މިސައިލްތައް ޑިޓެކްޓް ކުރެވޭ ޓެކްނޮލޮޖީ އުފައްދައެވެ. އެމެރިކާ އަދިވެސް އުޅެނީ ބްލޫ ޕްރިންޓްގެ މަރުހަލާގަ އެވެ.
އެމެރިކާގެ ޕްރޮޕެގެންޑާ ފަތުރާ މީޑިއާއަކުން ބުނެފައި ވަނީ ޗައިނާގެ ދުރު ރާސްތާގެ މިސައިލް ރާޑަރުން ސަލާމަތްވުމުގެ ގާބިލްކަން ހަރުދަނާ ކުރުމަށް ބޭނުންކުރި ޔޫއޭއީއިން ޓްރާންސްފާ ކުރި އެމެރިކާގެ ސިއްރު މައުލޫމާތުތައް ބޭނުންކޮށްގެން ކަމަށެވެ.






