ޔޫރަޕާއި މެދުއިރުމައްޗާއި އޭޝިއާ ގުޅުވައިދޭ ރެއިލްވޭ ޑިސެމްބަރަށް ނިމޭނެ: ތުރްކިޔޭ

ޢަބްދުﷲ ޖުނައިދު | 35 ދުވަސް ކުރިން - 26 އޮކްޓޯބަރު 2025 13:40
ތުރްކިޔޭ އީރާން އަދި ޕާކިސްތާން ރެއިލްވޭގެ ދަތުރުތައް މި އަހަރުގެ ޑިސެމްބަރުގައި ފެށޭނެ ކަމަށް އެ ތިންޤައުމުން ބުނޭ.
ތުރްކިޔޭ އީރާން އަދި ޕާކިސްތާން ރެއިލްވޭގެ ދަތުރުތައް މި އަހަރުގެ ޑިސެމްބަރުގައި ފެށޭނެ ކަމަށް އެ ތިންޤައުމުން ބުނޭ.
ޚުލާސާ

ތުރްކިޔޭގެ އަންކާރާ އާއި އިސްތަންބޫލް އަދި ޕާކިސްތާނުގެ އިސްލާމްއާބާދާއި އީރާނުގެ ތެހެރާން ގުޅުވައިދޭ ރެއިލްވޭ ޑިސެމްބަރަށް ނިމޭނެ ކަމަށް ތުރުކީވިލާތުން ބުނެފި.

އޭޝިއާ އާއި މެދު އިރުމަތި އަދި ޔޫރަޕް ގުޅުވައިދޭ ރެއިލްވޭ ގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިމި އެ ކޮރިޑޯއިން ދަތުރުތައް ފެށޭނީ ކަމަށް ތުރްކިޔޭ އިން ބުނެފިއެވެ.

އީރާން-ޕާކިސްތާން-ތުރުކިޔޭ (އައިޕީޓީ) ރޭލްވޭ ކޮރިޑޯގެ ސަބަބުން ކަނޑު މަގުން މުދާތައް އުފުލުމަށް ހޭދަވާ މުއްދަތަށް ވުރެ 13 ދުވަހާއި 15 ދުވަހާއި ދެމެދުގެ މުއްދަތެއް އެ ރޫޓުގައި ސަލާމަތް ކުރެވޭނެއެވެ.

1960 ގެ އަހަރުތަކުގައި އިކޮނޮމިކް ކޯޕަރޭޝަން އޮގަނައިޒޭޝަން (އީސީއޯ) ގެ އޮނިގަނޑުގެ ދަށުން އުފެއްދި މި ރޭލު ލައިން ބަންދުކޮށްފައި ހުންނަތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް، އަނެއްކާވެސް ތިން ސަރުކާރުން ގުޅިގެން މި ކޮރިޑޯ އަކުން ހުޅުވާލަނީ އަޕްގްރޭޑް ތަކާއި އެކުގައެވެ.

ޒަމާނީކޮށްފައިވާ މި ކޯރިޑޯ 6،500 ކިލޯމީޓަރަށް ވުރެ ދިގެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%