Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްތުވާތަކެއްޗާއެކު ކޮލަމާފުށީގެ ހަތަރު މީހުންގެ ގްރޫޕެއް ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ކޮލަމާފުށީގެ ހަތަރު މީހުންގެ ގްރޫޕެއް ހައްޔަރުކޮށްފި

އައިޝަތު އީމާން
313 ދުވަސް ކުރިން - 24 އޮކްޓޫބަރު 2025 21:21
އަތުލާފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި 44.83 ގުރާމް ހުރި.
އަތުލާފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި 44.83 ގުރާމް ހުރި.
ޚުލާސާ

ހައްޔަރުކޮށްފައިވަނީ ހަސަން ރައްޔާނު ރަޝީދު، އިސްމާއިލް ހައިޒަމް ހަބީބު، އަލީ ޖަނާހް ޖައުފަރު އަދި އިބްރާހިމް އަޒާން މުހައްމަދު.

ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖަންސް މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ލޯންޗެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ހަސަން ރައްޔާން ރާޝިދު (26އ)، އިސްމާއިލް ހައިޒަމް ހަބީބް (22އ)، އަލީ ޖަނާހް ޖައުފަރު (25އ) ގެ އިތުރުން އިބްރާހިމް އަޒާން މުހައްމަދު (19އ) އެވެ. މި އެންމެން ވެސް ނިސްބަތްވަނީ ގއ. ކޮލަމާފުއްޓަށެވެ.

ފުލުހުން ބުނެފައިވަނީ އެ ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެމީހުން ކޮލަމާފުއްޓަށް އައި ލޯންޗު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗިސް ތަކެއް ފެނިފައިވާތީ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ 30 ރަބަރު ޕެކެޓާއި، ފިލްމް ހުސްކުރި ދެ ދަޅާއި، އެތަނުން މީހެއްގެ ހަށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ހަތް ސެލޯފޭން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 44.83 ގުރާމް ހުރިކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

Advertisement

Advertisement 1

ޚުލާސާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ލޯންޗު ކޮލަމާފުއްޓަށް އައިސްފައިވަނީ ވިލިނގިލިންނެވެ. މި ހަތަރު މީހުންގެ އިތުރުން އެ ލޯންޗުން ދަތުރުކުރި ދެ އަންހެން މީހުންވެސް ހައްޔަރުކުރި ކަމަށް ޚުލާސާ އަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް މަސްތުވާތަކެތި އެ ދެ އަންހެން މީހުން އަތުން ނުފެންނާތީ ވަނީ ދޫކޮށްލާފަ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާއިލް ހައިޒަމް ހަބީބް 12 ދުވަހަށް ބަންދުކޮށް ދެން ތިބި މީހުން ހަތް ދުވަހަށް ބަންދުކުރުމަށް ގާޒީ ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުނުން ބުނެ އެވެ.

ގއ. ކޮލަމާފުށިމޯލްޑިވްސް ޕޮލިސް ސަރވިސްމަސްތުވާތަކެތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެމްކޯއާއި ފުލުހުން ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

13 ގަޑިއިރު ކުރިން - 14:41

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ޓާސްކްފޯސްއަށް ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކޮށްފި

15 ގަޑިއިރު ކުރިން - 12:44

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

16 ގަޑިއިރު ކުރިން - 10:57

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

1 ދުވަސް ކުރިން - 16:54

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން - 14:44

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ރޭ ފަތިހު ނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

1 ދުވަސް ކުރިން - 10:34