އެމެރިކާގެ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ކަމަލާ ހެރިސް އަށް އޮތް ތާއީދު ދެއްކުމަށް ފޭކު ފޮޓޯތައް ޖެނެރޭޓް ކޮށްގެން އެ ފަތުރާ ކަމަށް ޑޮންލަޑް ޓްރަމްޕް ތުހުމަތު ކޮށްފިއެވެ.

އެގޮތުން ޓުރަމްޕް ވަނީ ޑެޓްރޮއިޓް މެޓްރޯ އެއާޕޯޓުގައި ހެރިސް-ވޯލްޒްގެ އިވެންޓެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް އާންމު ކޮށްފައެވެ. މި ފޮޓޯގައި ފެންނަނީ ނައިބު ރައީސްގެ ރަސްމީ މަތިންދާބޯޓު އެއާފޯސް ޓޫގެ ކުރިމައްޗަށް 10 ވަރަކަށް ހާސް މީހުން އެއްވެފައި ތިބި މަންޒަރެވެ. ނަމަވެސް އެ ފޮޓޯއަކީ އަމިއްލައަށް ތައްޔާރުކޮށް އެޑިޓް ކޮށްފައިވާ ފޮޓޯއެއް ކަމަށާ އެއީ އޯޑިއަންސްގެ ސައިޒު ބޮޑުކަމަށް މީހުންނަށް ދެއްކުމަށް ހެރިސް ކުރައްވާ ކަންތަކެއް ކަމަށް ބުނެ ޓުރަމްޕު ފާޑުކިޔައެވެ.

ޓްރަމްޕްގެ ތުހުމަތުތައް ކަނާތުފިޔައިގެ ބައެއް ފަރާތްތަކުންވެސް ބުނަމުންދާއިރު، ރިފްލެކްޝަން ނެތުން ފަދަ ފޮޓޯގައި އެއްގޮތް ކަމަށް ބެލެވޭ ކަންތައްތަކަށް އިޝާރާތްކޮށްފައިވެ އެވެ. ނަމަވެސް ހެރިސް ބުނަނީ އެއީ ފޭކު ފޮޓޯ ނުވަތަ ވީޑިއޯއެއް ނޫންކަމަށާ ރިފްލެކްޝަން ތަފާތުވެފައިވަނީ ކެމެރާގެ ލެންސުގެ ސަބަބުން ކަމަށް ވުމަކީ އެކަށީގެންވެދާނެ ކަމެއް ކަމަށެވެ.



