ގުރުއާން ހިތުދަސް މި ބޭފުޅާ ވަނީ ހާފިޒުން އިމްތިހާން ކުރާ ކޮމިޓީގެ ޗެއާކަން ވެސް ވަރަށް ގިނަ ދުވަސްތަކެއް ވާންދެން ކުރައްވާފަ އެވެ."އެއީ ވަރަށް ހުލްގުހެޔޮ މާތް ބޭފުޅެއް،" މިނިސްޓަރު ޝާހިދުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވަމުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.ޝައިހް މޫސާ ޖަމީލު ގުޅިވަޑައިގެންފައިވަނީ އިލްމުވެރިންގެ އާއިލާއަކާ އެވެ. އެގޮތުން އޭނާ އަކީ: ޝައިހް މުހައްމަދު ޖަމީލު ދީދީގެ އެއްބަފާކޮއްކޯފުޅު، އަދި ބޮޑުބޭބޭފުޅަކީ ހުސައިން ސަލާހުއްދީން ދިވެހި ތާރީހީ އިލްމުވެރިޔާ މުހައްމަދު ޝާތިރު ވިދާޅުވި ގޮތުގައި މޫސާ ޖަމީލަކީ، މިހާރު ތިއްބެވި ހުރަވީ ރަސްދަރިކޮޅުގެ ބޭފުޅުންގެ ތެރެއިން، ދޮންބަންޑާރައިންނަށް 5 ވަނަ ކާފާފުޅު ވިދާޅުވާ ހައެއްކަ ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅާ ބައްޕާފުޅު އަވަހާރަވިކަން އާއްމު ކުރައްވަމުން ޝާހިދު ވިދާޅުވީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު މަދަދުގާރަކީ އެއީ ކަމަށެވެ."އެއީ އަބަދުވެސް އެންމެ ބޮޑު ހިތްވަރު. އެންމެ އިހްލާސްތެރި ނަސޭހަތްދެއްވާ އަދި ތެދުވެރިކަމާއެކު ފާޑުކިޔުއްވި،" ޝާހިދު ވިދާޅުވި އެވެ.ކުރީގެ މިނިސްޓަރު ވިދާޅުވި ގޮތުގައި އޭނާގެ ކެރިއަރު ބައްޓަންކޮށް، ކުރިއަށް ދިޔުމުގައި ވެސް އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވީ ބައްޕާފުޅެވެ. އަދި ބޭނުންވި ކޮންމެ ވަގުތަކު ވެސް ހިތްހެޔޮކަމާއެކު ބައްޕާފުޅު ހުންނެވި ކަމަށް ވިދާޅުވި އެވެ.މިނިސްޓަރު ޝަހީމް ވިދާޅުވީ ޝައިހް މޫސާ ޖަމީލުގެ ޖަނާޒާ، އިސްލާމީ މަރުކަޒުގައި ކުރިއަށް ދާނެ ކަމަށެވެ. އެކަމަކު ޖަނާޒާ އޮންނާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.


