Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަތޮޅަކަށްފަހު އަތޮޅެއް! ރައީސުލްޖުމްހޫރިއްޔާ މިއަދު އެ ފުރައިވަޑައިގެންނެވީ ލާމަށް

އަތޮޅަކަށްފަހު އަތޮޅެއް! ރައީސުލްޖުމްހޫރިއްޔާ މިއަދު އެ ފުރައިވަޑައިގެންނެވީ ލާމަށް

އައިޝަތު ރުވާ ރިފްޢަތު
279 ދުވަސް ކުރިން - 20 އޮކްޓޫބަރު 2025 08:10
ށ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ތެރެއިން. - ފޮޓޯ: ރައީސް އޮފީސް
ށ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ތެރެއިން. - ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިއީ ތިން ދުވަހުގެ ދަތުރުފުޅެއް. މި ދަތުރުފުޅުގައި މީހުން ދިރިއުޅޭ 11 ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނެ.

ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލާމު އަތޮޅަށް މިއަދު ފުރައިވަޑައިގެންފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ށ. އަތޮޅަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ލ. އަތޮޅަށް ފެއްޓެވި މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެކެވެ.

އަތޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ މައިގަނޑު މަގްސަދަކީ މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ. އަދި މީގެ އިތުރުން ރަށްރަށަށް ތަރައްގީގެ ގޮތުން ބޭނުންވާ ކަންކަން އޮޅުންފިލުވައި އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމެވެ.

Advertisement

Advertisement 1

ށ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މީހުން ދިރިއުޅޭ 11 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، ފޮނަދޫ، މާމެންދޫ، ހިތަދޫ، ކުނަހަންދޫ އަދި މާވަށަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނެވި އެވެ.

ނިމިދިޔަ ހަފްތާގައި އެމަނިކުފާނު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދާ ގިނަ މަޝްރޫއުތައް ފައްޓަވައިދެއްވައި ރަށްރަށުގައި ނިމިފައި ހުރި މަޝްރޫއުތައް އިފްތިތާހުކޮށްދެއްވާފަ އެވެ. އަދި އެންމެ ފާހަގަކޮށްލެވެނީ އެ އަތޮޅުގެ ތިން ރަށެއްގައި އެއާޕޯޓް އެޅުމުގެ އަމަލީ މަޝްރޫއު ފެއްޓެވުމެވެ.

ލާމު އަތޮޅުގެ އާބާދީއަކީ 19،275 މީހުންނެވެ. އެ އަތޮޅަކީ ރާއްޖޭގެ ނިސްބަތުން އެންމެ ތަރައްގީ އެއް އަތޮޅެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުލ. އަތޮޅު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

12 ގަޑިއިރު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

12 ގަޑިއިރު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

13 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

13 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

14 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

1 ދުވަސް ކުރިން - 20:04