Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމެރިކާއިން “ފިއްތައިލުމުންވެސް”، މި އަހަރު ޗައިނާގެ އިޤްތިޞާދު އެމެރިކާއަށް ވުރެ ދެގުނަ ކުރީގައި

އެމެރިކާއިން “ފިއްތައިލުމުންވެސް”، މި އަހަރު ޗައިނާގެ އިޤްތިޞާދު އެމެރިކާއަށް ވުރެ ދެގުނަ ކުރީގައި

ޢަބްދުﷲ ޖުނައިދު
317 ދުވަސް ކުރިން - 18 އޮކްޓޫބަރު 2025 11:33
ޗައިނާގެ ވެރިރަށް ޝަންހާއީގެ މަންޒަރެއް - މިއަހަރު ޗައިނާގެ އިޤްތިޞާދު އުޅޭނީ 4.8 ޕަސެންޓު ކުރީގައި ކަމަށް އައި.އެމް.އެފް. އިން ލަފާކުރޭ.
ޗައިނާގެ ވެރިރަށް ޝަންހާއީގެ މަންޒަރެއް - މިއަހަރު ޗައިނާގެ އިޤްތިޞާދު އުޅޭނީ 4.8 ޕަސެންޓު ކުރީގައި ކަމަށް އައި.އެމް.އެފް. އިން ލަފާކުރޭ.
ޚުލާސާ

އިޤްތިޞާދީ ގޮތުން އެމެރިކާއިން ކިތަންމެ ވަރަކަށް ޗައިނާ އަށް ފިއްތުންތައް ކުރިމަތިކުރުވިޔަސް، މިއަހަރު ޗައިނާގެ އިޤްތިޞާދު 4.8% އަށް ކުރިއަރާއިރު އެމެރިކާގެ އިޤްތިޞާދު ކުރިއަރާނީ 2.0% އަށް.

އެމެރިކާއިން ޗައިނާ އާއި ދެކޮޅަށް ވިޔަފާރީގެ ހަނގުރާމައެއް ކުރަމުންދާ މި ދަނޑިވަޅުގައި، މި އަހަރު ޗައިނާގެ އިޤްތިޞާދު 4.8 ޕަސެންޓަށް ކުރިއަރާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ބުނެފިއެވެ. އައިއެމްއެފް އިން ބުނީ އެމެރިކާގެ އިޤްތިޞާދު މި އަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ އެންމެ 2.0 ޕަސެންޓަށް ކަމަށެވެ.

އައި.އެމް.އެފްގެ އެންމެ ފަހުގެ ރިޕޯޓުގައިވާ ގޮތުން އުފެއްދުންތެރިކަން އިތުރުވެފައިވާ ޗައިނާގެ އިޤްތިޞާދު ކުރިއަރަމުންދާ މައިގަނޑު ސަބަބަކީ އެތެރޭގެ ޑިމާންޑް އިތުރުވުމާއި، ހައިޓެކް އެކްސްޕޯޓް ފުޅާވުމެވެ.

ޗައިނާއިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާ އާއި ޗައިނާ އާއި ދެމެދު ހިނގަމުންދާ ވިޔަފާރީގެ މައްސަލަތަކުގެ އަސަރުތައް ފޫބެއްދުމަށް އެހީތެރިވެދީފައިވެއެވެ.

Advertisement

Advertisement 1

ޗައިނާއިން ކުރިއަރަމުންދާތީ އެކަން އެމެރިކާ އަށް ހަޖަމް ނުކުރެވިގެން ޗައިނާގެ އިޤްތިޞާދީ ދުވެލި މަޑުޖައްސައިލުމަށް ވޮޝިންޓަނުން ވަނީ ޗައިނާގެ އިލެކްޓްރިކް ވެހިކަލްތަކާއި ސެމީ ކޮންޑަކްޓަރުތައް ފަދަ އެތައް ބާވަތަކުން ބޮޑު ޓެރިފެއް އިޢުލާންކޮށްފައެވެ. އަދި ކޮމްޕިއުޓަރ ޗިޕްތަކާއި އެ ނޫންވެސް ސާމާނު ޗައިނާ އިން އެމެރިކާއަށް އެތެރެކުރެވޭނެ މިންވަރު ވެސް މަދުކޮށްފައެވެ. މީގެ އިތުރުން ޔޫރަޕާއި އޭޝިއާގައި ތިބި އެމެރިކާގެ “ޕަޕެޓް” ސަރުކާރުތަކާއި ކުންފުނިތަކުން ޗައިނާ އިން މުދާ ގަތުމުގެ ބަދަލުގައި އެހެން ދިމަދިމާތަކުން މުދާ ގަތުމަށް ވެސް އެމެރިކާއިން ވަނީ ޕްރެޝަރު ކޮށްފައެވެ.

އެމެރިކާގެ މި ޢަމަލުތަކުގެ ސަބަބުން ހުރަސްތައް ފޫބައްދަން ބެއިޖިން އިން ހެދި ގޮތަކީ ރަޝިޔާ، މެދުއިރުމަތި އަދި ދުނިޔޭގެ ދެކުނުފަޅީގެ ޤައުމުތަކާއި އެކު ޕާޓްނަޝިޕްތައް ވަރުގަދަކުރަން ފެށުމެވެ.

ޗައިނާއެމެރިކާއިގްތިސޯދުވިޔަފާރި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

8 ގަޑިއިރު ކުރިން - 15:07

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

14 ގަޑިއިރު ކުރިން - 08:59

ބޭރު ފައިސާއަކީ ވަކި މީހެއްގެ އެއްޗެއް ނޫން، އެއީ ދައުލަތުގެ މިލްކެއް – އިބްރާ

"ބޭރު ފައިސާއަކީ ވަކި މީހެއްގެ އެއްޗެއް ނޫން، އެއީ ދައުލަތުގެ މިލްކެއް!"

2 ދުވަސް ކުރިން - 19:55

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

2 ދުވަސް ކުރިން - 23:23

ނޭޕާލުގައި ފެންބޮޑުވެ 400 އަށްވުރެ ގިނަ މީހުން މަރުވެފައިވަނިކޮށް އިތުރު ކޯރެއް ބަންޑުންވުމުގެ ބިރު ބޮޑުވެއްޖެ

ނޭޕާލުގައި އިތުރު ކޯރެއް ބަންޑުންވެ، އަނެއްކާވެސް ފެންބޮޑުވެދާނެކަމުގެ ބިރު ބޮޑުވެއްޖެ

3 ދުވަސް ކުރިން - 12:31

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

4 ދުވަސް ކުރިން - 10:22