ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ގުޅިގެން މާފަށް އެދެންޖެހޭ ކަމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކުރިން އިންޑިއާ-އައުޓް ބުނުމަށްފަހު މިހާރު އިންޑިއާއަށް މަރުހަބާ ކިޔާތީ، ސަރުކާރުގެ ސިޔާސަތަށް ގެނެވުނު ބަދަލާއި ގުޅިގެން ،"ސަރުކާރުން މާފަށް އެދެންޖޭހަމަށް ގަބޫލްކުރައްވަންތޯ" ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
" އަޅުގަނޑު އަބަދުވެސް މި ޤައުމުގެ މަސްލަހަތު އެހެން ހުރިހާ ކަމަކަށްވުރެ އިސްކުރަން. މިއީ އަޅުގަނޑު ރިޔާސީ ކެމްޕޭނުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ވަކާލާތުކުރަމުން އަންނަ ކަންކަން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރެވޭ ގޮތަށް ހުރިހާ ޤައުމުތަކާއި އެކު ތަފާތުކުރުމެއްނެތި ގާތްގުޅުމެއް ބާއްވާނަން، އެހެންވީމާ މީގަނެންނޫންތޯ އަޅުގަނޑު ނުވަތަ ސަރުކާރުން މައާފައް އެދެންޖެހޭކަމެއް" ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރައްވާ ގޮތުގައި ވެރިކަމުގެ ކުރީކޮޅުގައި ރައްޔިތުންވަނީ އިންޑިއާ ސިފައިން ތިބުމުން އެކަމާއި ވަރަށް ބޮޑަށް ހިންހަމަ ނުޖެހުން ފާޅުކޮށްފައެވެ. ނަމަވެސް ދެގައުމުގެ ދޭތެރޭގައި ސުލްހަ މަޝްވަރާގެ މަތިން މިކަންވެސް ވަނީ ހަމަޖެހުމާއިއެކު ކުރެވިފައިއެވެ. އިންޑިއާ އާއި ރާއްޖެއާއި ޒަމާނުއްސުރެ އޮއްނަ ގާތްކަމާއި، ވެދޭ އެހީއަށް އަބަދުވެސް އިންޑިއާ-އައުޓް ކެމްޕޭނަކީ ރައީސް ޔާމީނުގެ އަމިއްލަފުޅު ސިޔާސީ އެޖެންޑާއެއް ކުރިއެރުވުމަށްޓަކައި އެމަނިކުފާނުގެ އަމިއްލަފުޅު ޙަރަކާތެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ އިސް ހުރިހާ ބޭފުޅުންވެސް އިއްތިފާޤު ވެއެވެ.



