މިސްރާއި ގަތަރުގެ މެދުވެރިން ވަނީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށްޓަކައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމް ކުރުމަށް ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ބޭނުންވެގެން އިސްރާއީލަށް އަންގާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ..
އިސްރާއީލުގެ މަސްދަރަކުން ސީއެންއެންއަށް ފޯރުކޮށްދިން މައުލޫމާތުން ދައްކާ ގޮތުގައި ހަމާސް ޖަމާއަތުގެ އައު ލީޑަރު ސިންވާރު ހަނގުރާމަ ހުއްޓާލުމަށް ބާރުއެޅިޔަސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަމަށް އެއްބަސްވާނެ ކަމުގެ ޔަގީންކަމެއް ނެތްކަމަށް ސީއެންއެނުން ރިޕޯޓް ކުރިއެވެ.. އެ މަސްދަރާއި ހަވާލާދީ ސީއެންއެންއިން ބުނީ ނަތަންޔާހޫ ބޭނުންވާ ގޮތެއް އެއްވެސް މީހަކަށް ނޭނގޭ ކަމަށެވެ.
މި މައުލޫމާތު ލިބިފައިވަނީ ޤާހިރާގައި ބާއްވާ ކްރިޓިކަލް ސަމިޓަށް ހަތަރު ދުވަހަށް ވެފައި ވަނިކޮށެވެ. މިސްރާއި ގަތަރު އިސްނަގައިގެން ބާއްވާ މި ސަމިޓު އޮތީ ބުރާސްފަތި ދުވަހުގައެވެ.
މި ސަމިޓުގައި މެދުވެރިން ގޮވާލާނީ ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރުމަށެވެ. މި ސަމިޓުގެ ނަތީޖާއަކީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ މުސްތަގުބަލު ކަނޑައެޅުމުގައި ވަރަށް މުހިންމު ސަމިޓަކަށް ވާނެއެވެ.
ސިންވާރު ހަނގުރާމަ ހުއްޓާލަން އެއްބަސްވުމެއް ހެދުމަށް ޔަހޫދީންނަށް އެންގުމަށް މިސްރާއި ގަތަރުގައި އެދުނުއިރު، އިސްރާއީލަކީ ދުވަހަކުވެސް އެއްބަސްވުމެއް ހެދިޔަސް އެއަށް އަމަލު ކުރުމުގައި ދެމިތިބޭ ބައެއް ނޫނެވެ.



