ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ވަނީ އެގައުމުގެ ސަގާފީ ސާޗް ކޮމިޓީގެ ޕްރޮސެސް އާއި ހިލާފަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ސީދާ ގޮތެއްގައި ސިވިލް ސާވިސް ކޮމިޝަނަރުގެ މައްޗަށް ބާރު ފޯރުވޭނެ ފުރުސަތު ދިނުމުގެ ޕްލޭނެއް ފާސްކޮށްފަ އެވެ.
މިއަދު އެގައުމުގެ ވަޒީރުންގެ މަޖިލީހުގެ އިއްތިފާގުން ފާސްކުރި މި ނިންމުމާ ގުޅިގެން ޚާއްސަކޮށް އެޓާނީ ޖެނެރަލް ގަލީ ބަހާރަވް-މިއާރާ ވަނީ މިކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކީ ސަގާފީ ސާޗް ކޮމިޓީގެ ޕްރޮސެސް ބައިޕާސްކުރުން ކަމަށާ އަދި ސިވިލް ސާވިސްގެ މިނިވަންކަމާއި ޕްރޮފެޝަނަލިޒަމަށް ބުރޫއަރާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
"ޕްރޮފެޝަނަލް ކޮލިފިކޭޝަންތަކާއި އެކަށީގެންވާ ޕްރޮފެޝަނަލް އިމްތިހާނެއް ނެތި، ސިވިލް ސާވިސް ކޮމިޝަނަރު އައްޔަން ކުރައްވަނީ އޭނާ އަމިއްލައަށް އަދި ސިޔާސީ ގޮތުން ކަމަށް ބޮޑުވަޒީރު ހުށަހެޅުއްވި ހުށަހެޅުން ކުރިއަށް ގެންދިއުމަށް ހުރަހެއް އެބައޮތް. އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން ފުރުއްވާ ގޮތަށް އޯޕަން ކޮމްޕެޓިޓިވް ޕްރޮސީޖަރެއް ގެންގުޅެން ޖެހޭ" ބަހާރަވް-މިއާރާ ވިދާޅުވިއެވެ.
އެކަމަނާގެ އިއުތިރާޒުތަކާ އެކު ވެސް ސަރުކާރުން ކުރިއަށް ގެންދިޔައީ ރުހުން ދިނުމުގައި، ކެންޑިޑޭޓަކު ހުށަހެޅުމުގެ ބާރު ނަތަންޔާހޫއަށް ދީގެންނެވެ. އަދި ސިވިލް ސަރވިސްގެ ސީނިއަރ އެޕޮއިންޓްމަންޓްސް އެޑްވައިޒަރީ ކޮމިޓީން މި ނަން ހުށަހަޅާ ފަރާތެއް މުރާޖައާ ކުރާނެއެވެ.
މި ފިޔަވަޅާ ގުޅިގެން ސިވިލް ސާވިސް ސިޔާސީ ވެދާނެ ކަމުގެ ކަންބޮޑުވުންތައް އުފެދިފައިވާއިރު، އެ މަގާމަކީ ސަގާފީ ގޮތުން ރައްކާތެރިކޮށްފައިވާ މަގާމެއް ކަމަށާއި އެއީ ސުޕްރީމް ކޯޓުގެ ރިޓަޔާޑް ފަނޑިޔާރަކު އިސްކޮށް ހުންނަވައިގެން ކުރައްވަންޖެހޭ ކަމެއް ކަމަށް ވާއިރު ނަތަންޔާހޫ ގެންދަވަނީ މުޅި ސަރުކާރު އޭނާގެ ކޮންޓުރޯލްގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރައްވަމުންނެވެ.



