އިންޑިއާ-އައުޓް މޫވްމަންޓްގެ ސުވާލުތަކުގެ ތެރޭގައި ރައީސް ޑރ.މުހައްމަދު މުއިއްޒު "ގައުމީ އިސްކަންދޭ ކަންކަން" ސާބިތުކޮށްދެއްވައިފިއެވެ.
ރިޔާސީ ދައުރުގެ ކުރީކޮޅު އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ޚާރިޖީ ގުޅުންތަކަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ މެދު މީޑިއާތަކުން މައާފަށް އެދެން ޖެހޭތޯ ސުވާލު ކުރުމުން ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ގައުމީ މަސްލަހަތާއި އިސްތިގުލާލަށް ވައުދުވެވަޑައިގަންނަވާކަން އިތުބާރާއެކު ތަކުރާރު ކުރައްވާފައެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން ސާބިތު ކަމާއެކު އެމަނިކކުފާނު ވިދާޅުވީ އިސްކަން ދެއްވާނީ ޤައުމީ މަސްލަހަތެވެ.
"އެ ސިޔާސަތުން ކަސިޔާރުވެގެން، އެއްކައިރިވެގެން ދިޔަ އެއްވެސް ދުވަހެއް ނާންނާނެ. އެހެންވީމަ އަޅުގަނޑުމެން މާފަށް އެދެން ޖެހޭ ކަމެއް ނެތެއް ނޫންތޯ؟ އަޅުގަނޑުމެން އިއުލާން ކުރި މެނިފެސްޓޯ ރައްޔިތުން ބަލައިގަތީ. އެއާ އެއްގޮތަށް އަޅުގަނޑުމެން ގާތް ގުޅުން ބާއްވަނީ ހުރިހާ ގައުމަކާއެކު،" ސަރުކާރުގެ ހާރިޖީ ސިޔާސަތު "އިންޑިއާ އައުޓް" އިން "ވެލްކަމް އިންޑިއާ"އަށް ބަދަލުވި ކަމަށް ބުނެ އިންޑިއާގެ ކިބައިން މާފަށް އެދުމަށް އެމްޑީޕީން ގޮވާލުމުން އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވިއެވެ.
ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި ހުރިހާ ގައުމުތަކާ ގާތް، ތަފާތު ނުކުރެވޭ ގުޅުންތައް ބާއްވަން ގެންގުޅުއްވާ އުސޫލަށް އަލިއަޅުވާލައްވަމުން ރައީސް ކަށަވަރުކޮށްދެއްވި އެވެ.
އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން އާންމުންގެ ކުރީގެ ކަންބޮޑުވުންތައް ގަބޫލުކުރެއްވި ނަމަވެސް މިކަންކަން ހައްލުވީ ދެގައުމުގެ ދެމެދުގައި ސުލްހަވެރި މަޝްވަރާތަކުގެ ތެރެއިން ކަމަށް ފާހަގަކުރެއްވި އެވެ. އަދި އިންޑިއާގެ ދިގު މުއްދަތަކަށް ދީފައިވާ އެއްބާރުލުމާއި، ކުރިޔަށް އޮތްތަނުގައި އެގައުމުން ދޭނެ އެއްބާރުލުން ތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.



