ހައުސިންގ މަޝްރޫޢުތަކުގައި ކައުންސިލްގެ ދައުރު ހިމަނާނެކަމުގެ ޔަގީންކަން ރައީސުލް ޖުމްހޫރިއްޔާ ޑރ،މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
މާލެ ސިޓީ ކައުންސިލްުން މިއަދު ބޭއްވި އެކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައީސް ވިދާޅުވީ މާލެ ސިޓީގައި ގެދޮރުގެ މައްސަލަ ހައްލުކުރެވޭނީ މާލެ ސިޓީ ކައުންސިލްގެ ދައުރު އޮވެގެން ކަމަށާ ، ކައުންސިލްގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުމަށް ކައުންސިލްގެ ފަރާތުން ކޮމެޓީއެއް އުފައްދުމަށްވެސް އެމަނިކުފާނު ލަފާ ދެއްވިއެވެ.
ކައުންސިލަރު ސައިފް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ކައުންސިލްގައި ހުންނެވިއިރު ވެސް މި މައްސަލައާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވެ އެވެ.
މި ނިންމުމަކީ މާލޭގެ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ކައުންސިލްގެ ބައިވެރިވުމާއެކު ހައުސިންގ މަޝްރޫޢުތައް ހިންގުމުން، ރައްޔިތުންނަށް އިތުރު އިތުބާރާއި ހާމަކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.



