މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިފަދައިން ރައީސް ވިދާޅުވެފައިވަނީ މިއަދު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ކައުންސިލާއި ބައްދަލުި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، ގެދޮރުގެ މައްސަލަތަކާއި ދުވަހުން ދުވަހަށް ދޭންޖެހޭ މުނިސިޕަލް ޚިދުމަތްތަކާ ގުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާއި ހަމައަށް ގެނައުމަށް މާލެ ސިޓީ ކައުންސިލަށް ފަސޭހަކަމާއެކު މަގުފަހިކޮށްދެވޭނެއެވެ. އަދި ރައްޔިތުންގެ ކަންކަން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ހަމައަށް ފޯރުކޮށްދިނުމުގައި ވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ އަލަށް އިންތިޚާބުވި މާލެ ސިޓީ ކައުންސިލްގެ މެންބަރުންނާއެކު ބޭއްވުނު ފުރަތަމަ ބައްދަލުވުން ކަމަށްވާތީ، މިއީ ކައުންސިލާއި ސަރުކާރާއި ދެމެދު ގުޅުން ބަދަހިކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.