ސާބިއާގެ 800 އަށް ވުރެ ގިމަ ސްކޫލަށް ބޮމުގެ ޙަމަލާ ދޭނެ ކަމަށް ބުނެ އިންޒާރު ދީފި ކަމަށް އެ ޤައުމުގެ ފުލުހުންނާއި ޙަވާލާދީ ރިޕޯޓުތައް ބުނެފިއެވެ.
ބަލްކަންގެ ޤައުމުން އިއްޔެ ބުނީ ޖުމްލަ 807 ސްކޫލަކަށް އިއްޔެގެ ހެނދުނު 9:30 އާއި ހަމަޔަށް އިންޒާރުތައް ލިބިފައިވާ ކަމަށާއި، އެހެން ކަމުން އެ ސްކޫލްތައް ބަންދު ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކެވެ.
ވެރިރަށް ބެލްގްރޭޑްގެ އިތުރުން އެހެނިހެން ސިޓީތަކުގެ ސްކޫލްތަކަށް ވެސް މި އިންޒާރު ލިބުނު ކަމަށާއި، އިންޒާރުތައް ލިބިފައި ވަނީ އީމެއިލް އަކުން ކަމަށް ވެސް އެ ޤައުމުގެ ފުލުހުން ބުނެއެވެ.
ސާބިއާގެ ސްކޫލެއްގައި 2023 ވަނަ އަހަރު ބަޑި ޖެހުމުގެ ހާދިސާއެއް ކުރިމަތިވިއެވެ. އެ ފަހަރު 8 ދަރިވަރުން މަރުވެ ގިނަ ބަޔަކު ޒަޚަމް ވިއެވެ.



