ފަތިސް ނަމާދަށް ތިއްބާ ސްކޫލަށް ދިން ބޮމުގެ ހަމަލާތަކުން އިސްލާމިކް ޖިހާދުގެ ސެންޓްރަލް ކޭމްޕްސް ބްރިގޭޑްގެ ކޮމާންޑަރެއް ކަމަށްވާ އަޝްރަފް ޖޫދާ ޝަހީދު ކޮށްލެވިއްޖެ ކަމަށް ބެލެވޭ ކަމަށް އިސްރާއީލު ސިފައިން ބުނެފިއެވެ،
އެމީހުން މިހެން މިބުނީ ފަތިސް ނަމާދަށް ތިއްބާ އިއްޔެ ހަމަލާދީ 100އަށްވުރެ ގިނަ މުސްލިމުން ޝަހީދު ކޮށްލި ހަމަލާއާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
އިޒްރޭލުން ފަތިސް ނަމާދުގެ ޖަމާއަތާއި ދިމާކޮށް ހަމަލާ ދިނީ 19 ހަނގުރާމަވެރިންނަށް އަމާޒުކޮށްގެންނެވެ. އިސްރާއީލު އަސްކަރިއްޔާއިން ބުނާ ގޮތުގައި މި ބޮމުގެ ހަމަލާ އަކީ އިސް ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ކަމަށާއި، އެތަނުގައި އާންމު މީހަކު ނެތް ކަމަށެވެ.
ނަމަވެސް މަސްދަރުތަކުން ބުނާ ގޮތުގައި 19 ހަނގުރާމަވެރިންގެ ތެރެއިން ދެ ހަނގުރާމަވެރިން މީގެ ކުރިން ދިން ހަމަލާތަކުގައި ވަނީ ޝަހީދުވެފައެވެ. އަލްޖަޒީރާއިން ވެސް ބުނަނީ މިގޮތަށެވެ. އެހެންކަމުން އިސްރާއީލު އަސްކަރިއްޔާއިން މިކަމުގައި ބޮޑެތި އޮޅުވާޅުންތަކެއް އޮޅުވާލުމަށް މަސައްކަތް އެބަ ކުރެއެވެ.
މި ބޮމުގެ ހަމަލާއާއި ގުޅިގެން އެމެރިކާއިން ވަނީ އާންމުންނަށް ލިބުނު ގެއްލުންތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފާޙަގަ ކޮށްލަން ޖެހޭ އަނެއް ކަމަކީ އެމެރިކާއިން ޣައްޒާގެ ހަނގުރާމައަށް ހުއްޓުމެއްނެތި ހަތިޔާރުތައް އެބަ ދެއެވެ. މިފަހުންވެސް އިސްރާއީލު ޖަމާޢަތަކަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު ދޭނެ ކަމަށް އެމެރިކާ ސަރުކރުން ވަނީ އެއްބަސް ވެފައެވެ.



