އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން ހަމާސްގެ އާ ސިޔާސީ ލީޑަރަކަށް ދާދި ފަހުން ވަނީ ޣައްޒާގައި ހަމާސްގެ ލީޑަރެއްގެ ގޮތުގައި ހުންނެވި ޔަހްޔާ ސިންވާރު ހަމަޖައްސައިފަ އެވެ. ފަލަސްތީނުގެ އެއްބައިވަންތަކަން ކުރިއެރުވުމަށް ކުރާ މަސައްކަތުން މަޝްހޫރު ސިންވާރު ވަނީ މީގެ ކުރިން ހަމާސްގެ އެހެން އޮފިޝަލުންނާ އަޅާބަލާއިރު ސުލްހަވެރި ރާގެއް ގެންގުޅެގެން ފަތަހަ ޖަމާއަތާއި ސުލްހަވުމަށް މަސައްކަތް ކުރައްވާފަ އެވެ. ހިޔާލު ތަފާތުވުން އޮތް ފަރާތްތަކާ މެދުގައި އޮތް ބައިބައިވުން ކުޑަކުރުމަށް އަމާޒުކޮށްގެން ފަތަހަ ޖަމާއަތުން އެނބުރި ޣައްޒާއަށް ގޮސް މަދަނީ ކަންކަން ބެލެހެއްޓުމަށް އޭނާ ވަނީ ގޮވާލާފއެެވެ. ފަތަހަ ޖަމާއަތަކީ ހަމާސްގެ ސިޔާސަތާއި އިދިކޮޅު ޖަމާއަތެކެވެ.
މި މަސައްކަތްތައް ކުރި ނަމަވެސް ފަލަސްތީނުގެ ފެކްޝަންތައް އެއްބައިވަންތަ ކުރުމަށް ސިންވާރު ކުރެއްވި މަސައްކަތްތައް އެތައް ފަހަރަކު މަތީން ވީ ނާކާމިޔާބެވެ. އޭނާގެ މަސައްކަތްތަކުގެ ތެރޭގައި 2018-2019 ވަނަ އަހަރު ޣައްޒާގެ ގްރޭޓް މާޗް އޮފް ރިޓަރން މުޒާހަރާތަކާއި އަރަބި ބައެއް ވެރިކަންތަކާ ގުޅުން ރަނގަޅުކުރުން ފަދަ މުހިންމު މަސައްކަތްތައް ހިމެނެ އެވެ. ނަމަވެސް ފަތަޖަމާއަތުގެ އިސްވެރިން ވަނީ އޭނާގެގޮވާޅުންތަކަށް ތަކުރާރުކޮށް ދެކޮޅު ހަދައި، އަނިޔާވެރި ނޫން ހަރަކާތްތަކާ ގުޅުމަށް ހުށަހެޅި ހުށަހެޅުންތަކާ ދެކޮޅު ހަދައި، ސުލްހައިގެ މަޝްވަރާތަކުގައި ސޮއިކުރި އެއްބަސްވުންތައް ތަންފީޒު ކުރަން ދެކޮޅު ހަދާފަ އެވެ.
ޖުލައި މަހު ފަލަސްތީނުގެ 14 ފެކްޝަނަކުން ސޮއިކުރި ބެއިޖިން ޑިކްލެރޭޝަނަކީ 2006 ވަނަ އަހަރު ހަމާސް އިން އިންތިޚާބީ ކާމިޔާބީއަށް ފަހު ސުލްހަވުމަށް ކުރި 23 ވަނަ މަސައްކަތެވެ.
ނަމަވެސް، ފަތަހައިން ގަބޫލު ނުކުރާ ނުވަތަ ނުރުހޭ ބޭފުޅެއް ކަމަށްވާ ސިންވަރު އައްޔަން ކުރެއްވުމުން ފަލަސްތީނުގެ އެއްބައިވަންތަކަން ހާސިލް ކުރުމުގެ ގާބިލްކަމާ މެދު ސުވާލު އުފެދެ އެވެ. ހަމާސް އާއި ފަތާހުގެ މެދުގައި ވަރުގަދަ ސިޔާސީ ޚިޔާލުތަފާތުވުންތަކާއި ބޭރުގެ ނުފޫޒުތަކާއި މަގު ބަދަލުކުރަން ފަތަހައިގެ ވެރިޔާ އައްބާސް ފަސްޖެހޭތީއެވެ. އެހެންކަމުން އަސްލު ސުލްހައެއް ހޯދުމުގެ ފުރުސަތުތައް ފެންނަނީ ކަޅުކޮށެވެ.
އަނެއްކޮޅުން އިސްރާއީލުން ސީދާ އެބުނަނީ ހަމާސް ބައްޔެއް ނުކުރެވޭ ކަމަށް ހަމާސްއިން ތިމަންނަމެންނަށް އެބަ ދައްކާ ކަމަށާއި ސިންވަރު އެމީހުންގެ ލީޑަރަކަށް އައްޔަން ކުރުމަކީ ސީދާ އިސްރާލަށް ގޮންޖެހުމެވެ. އަދި މިހާތަނަށް ފަހަކަށް އައިސް އިސްރާއީލަށް ދޭ ހުރިހާ ހަމަލާތަކެއްގެ ފަހަތުގައި ސިންވާރު ހުރި ކަމަށް އިސްރާއީލުން އެބަ ބުނެއެވެ.



