ވެމްބްލީގައި ކުޅުނު ފޯރިގަދަ މެޗުގައި ފަަހަތުން އަރައި ޔުނައިޓެޑް ބަލިކޮށް ސިޓީން ހަތް ވަނަ އެފްއޭ ކޮމިއުނިޓީ ޝީލްޑް ޗެމްޕިއަންކަން ހޯދައިފިއެވެ.
ސިޓީއަށް ތަށި ލިބުނީ މެޗުގެ ފުރިހަމަ ވަގުތުގައި 1-1 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއިންނެވެ.
މެޗުގެ 82 ވަނަ މިނެޓްގައި އެލެޖެންޑްރޯ ގާނާޗޯ ލީޑު ނަގައިދިނުމުން ޔުނައިޓެޑުން ތަށި ލިބުނުކަމަށް ހީކޮށްގެން ތިއްބާ ގޭމު އެނބުރުނީ 89ވަނަ މިނިޓުގައި މިއަދު 30 ވަނަ އުފަންދުވަސް ފާހަގަކުރާ ބެނާޑޯ ސިލްވާޖެހި ގޯލުންނެވެ.
ސިޓީން ޕެނަލްޓީ ޖަހައިގެން ޝީލްޑް އުފުލާލިއިރު ސިލްވާގެ ޕެނަލްޓީ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ ދިފާއު ކުރިއެވެ. ނަމަވެސް، ކެވިން ޑި ބްރޫނޭ، އަރލިންގް ހާލަންޑް، ޖޯއާ ކަންސެލޯ، އެޑަރސަން، މަތީސް ނޫނެސް، އަދި ރޫބެން ޑިއާސް ވަނީ ޕެނަލްޓީތައް ވައްދާފައެވެ.
ޔުނައިޓެޑުން ޕެނަލްޓީ ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭޒް، ޑިއޯގޯ ޑަލޮޓް، އަލެޖެންޑްރޯ ގާނާޗޯ، ކަސެމިރޯ، ސްކޮޓް މެކްޓޮމިނޭ، އަދި ލިސަންޑްރޯ މާޓިނޭޒް އެވެ. ސަންޗޯ އާއި އިވާންސްގެ ކާމިޔާބެއް ނުވިއެވެ.



