ރާއްޖެ އާއި އިންޑިއާގެ ތާރީހީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ދެމިއޮންނާނެ ކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަކުރާރު ކުރައްވައިފިއެވެ. މިއަދު ބޭއްވި އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދިޔަ މަޝްރޫޢު ނިންމައި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ދެގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމުގެ ތަސައްވުރަށް އަލިއަޅުވާލައްވާފައެވެ. އަދި އެއްބާރުލުން ދެމިއޮތުމާއި އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމް ކުރުމުން ދެ ޤައުމަށްވެސް އެކުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިދެވޭނެ ކަމުގެ ޔަޤީންކަން ފާޅުކުރެއްވިއެވެ.
ރައީސް މުއިއްޒުގެ މި ވައުދަކީ ރާއްޖެ އާއި އިންޑިއާ ދޭތެރޭގައި ފަހަކަށް އައިސް އުފެދިފައިވާ ސިޔާސީ ފިތުނަތައް މި ދެގައުމުގެ ދެމެދުގައިވާ ޑިޕްލޮމެޓިކް ގުޅުންތަކަށް މިއިން ޒަމާނަކު ހީނަރުނުވާވަރަށް ހީނަރުވެފައި ވާކަން ފާހަގަ ކުރެވެއެވެ.
އެހެންނަމަވެސް މިސަރުކާރުގެ ހާރިޖީ ގުޅުންތަކަކީ ޕްރޯ މޯލްޑިވްސް ކުރިޔަށް ނެރެ ވަކި ގައުމަކާއެކު ވަކި މިންވަރަކަށް ގުޅުން ބެހެއްޓުން ނޫން ކަމަށާ ހުރިހާ ގައުމަކާ އެކުވެސް ރާއްޖެއިން އަބަދުވެސް ގުޅުން ބަހައްޓަވާނެ ކަމަށް މިސަރުކާރުން ކުރިން ވަނީ ބުނެފައެވެ.


