ދުނިޔޭގެ މަޝްހޫރު އެންމެ ފެންވަރުގެ ޔުނިވާސިޓީއެއް ކަމަށްވާ އޮކްސްފޯޑުން ފުރަތަމަ ފަހަރަށް ދިވެހި ޒުވާނަކަށް އަހްމަދު ޝައްފާން މުހައްމަދު ޕީއެޗްޑީ ހާސިލްކޮށްފި އެވެ.
އޯ ލެވެލް އަދި އޭ ލެވެލްގައި ވެސް ރާއްޖެ އިން އެއްވަނަ ހޯދައިގެން ރައީސްގެ ސްކޮލަޝިޕްގައި މަތީ ތައުލީމުގެ ދަތުރު ފެށި އުމުރުން 30 އަހަރުގެ ޝައްފާން ޕީއެޗްޑީގެ ހަތަރު އަހަރުގެ ކިޔެވުމަށް ފަހު އިއްޔެ ވަނީ ގްރެޖުއޭޓު ވެފަ އެވެ.
އޭނާ މިހާރުވެސް ދަނީ ރާއްޖޭގެ ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވަމުންނެވެ. އޮކްސްފޯޑުން ޕީއެޗްޑީ ހާސިލްކުރައްވައި ޝައްފާން ގްރެޖުއޭޓްވީ އިއްޔެ އެވެ.
ޝައްފާން ޕީއެޗްޑީ ތީސީސް ހެއްދެވީ ކޮޕީ ރައިޓާ ގުޅުންހުރި ޖިނާއީ މާއްދާތަކާ ގުޅޭ ދާއިރާއިންނެވެ. ނެވެ.
އޭނާ ޕީއެޗްޑީ ތީސީސް ނިންމެވީ އުމުރުން 29 އަހަރުގައި އެވެ. އަދި ގްރެޖުއޭޓް ވީއިރު ޝައްފާންގެ އުމުރަކީ 30 އަހަރެވެ.



