އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް ދީލަތި އަދި ދެމިއޮތް އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ މިއަދު އޮތް އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދިޔަ މަޝްރޫއު ނިންމައި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ފުން ޝުކުރެއް އަދާކުރައްވާފައެވެ. މި އަޑު އެމަނިކުފާޏުގެ ދޫފުޅުން މި އިއްވާލީ ސިޔާސީ ފިތުނަވެރިކަމުގެ މަރުހަލާއަކަށް ފަހު ދެގައުމުގެ ދެމެދުގައި އަލުން އެއްބާރުލުން ދެވިފައިވާ ދުވަސްވަރެއްގަ އެވެ.

"އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާގެ ސަރުކާރަށާއި، ރަޙްމަތްތެރި އިންޑިއާގެ ރައްޔިތުން، ދިވެހިރާއްޖެއަށް އަބަދުވެސް ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން" ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

ޚާއްޞަކޮށް އިންފްރާސްޓްރަކްޗަރ، ހެލްތްކެއާ، އަދި ތަޢުލީމީ ދާއިރާއިން ރާއްޖޭގެ ތަރައްގީގެ އެޖެންޑާގައި އިންޑިއާގެ ފަރާތުން ލިބުނު އެއްބާރުލުމަކީ މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ރައީސް މުއިއްޒު ވަނީ ރާއްޖެއަށް އެކިއެކި ގޮންޖެހުންތަކުން އަރައިގަނެ ތަރައްގީގެ މުހިންމު ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވެދިނުމުގައި އިންޑިއާގެ ޙިއްޞާތަކުގެ އަގު ބޮޑުކަމަށް އަލިއަޅުވާލައްވާފައެވެ.