ގުދުސްގެ ބޮޑު މުފްތީ އަދި މިހާރުގެ ސުޕްރީމް އިސްލާމީ ކައުންސިލްގެ ވެރިޔާ ޝެއިޚް އެކްރިމާ ސަބްރީ، 85، އަށް މަސްޖިދުލް އަޤްޞާގައި ނަމާދު ކުރުން 6 މަސް ދުވަހަށް އިސްރާއީލުން މަނާކޮށްފިއެވެ.
ހައްދުފަހަނަ އެޅި އިސްރާއީލުން މިގޮތަށް ނިންމީ އެމީހުންގެ ހަމަލާދީ ޝަހީދު ކޮށްލެއްވި ހަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ އަކީ ޝަހީދެއް ކަމަށް މުފްތީ އިކްރިމާ ވިދާޅުވުމާއި ގުޅިގެން އޭނާގެ މައްސަލަ ތަހުގީގު ކުރަމުންދާ ދަނޑިވަޅުގައެވެ.
ހައްދުފަހަނައެޅި ޔަހޫދީން ބުނަނީ އިކްރިމާ ޞަބްރީ އަކީ ޓެރަރިސްޓުންނަށް ތާއީދުކުރާ މީހެކެވެ. އެހެންކަމުން ނަފްރަތު އުފެދޭ ކަހަލަ ވާހަކަތައް އިކްރިމާ ދައްކާފައިވާތީ މަސްޖިދުލް އަޤްޞާއަށް 6 މަސް ވަންދެން ވަނުން މަނާކުރީއެވެ.
މިދިޔަ ހުކުރު ދުވަހު އިކްރިމާ ޞަބްރީ ހައްޔަރުގައި ވަގތުކޮޅަކަށް ބެހެއްޓުމަށްފަހު ދޫކޮށްލީ ޝަރުތު ތަކެއް ކޮށްފައިކަމެއް އޭނާގެ ވަކީލު ވިދާޅެއް ނުވެއެވެ. ނަމަވެސް މިއަދު ހަބަރު ލިބުނު ގޮތުގައި ޔަހޫދީ ފުުލުހުން ބުނީ ޝޭހު އަކީ ޓެރަރިޒަމަށް ތާއީދުކުރާ މީހެއް ކަމަށާއި 6 މަސް ކުރިން މަސްޖިދުލް އަޤްޞާ މިސްކިތަށް ވަދެފިނަމަ އޭނާ ޖަލަށް ލާނެ ކަމަށެވެ. އަދި މީގެފަހުން އެއްވެސް ތަނެއްގައި ހަމާސް އަށް ތާއީދުކޮށް ދަރުސް ނުދިނުމަށާއި ހަނިއްޔާ އަކީ މާތް މީހެއް ކަމަށް ބުނެ އިސްރާއީލު ދެކެ އާންމުން ނަފްރަތު ވާހަކަލަ އެއްވެސް ވާހަކައެއް ދައްކައިފިނަމަ ކުރީގެ މުފްތީއަށް ޓެރަރިޒަމުގެ ދައުވާ އުފުލޭނެ ކަމަށް ބުނެ ޔަހޫދީ ފުލުހުން ވަނީ އިންޒާރު ދީފައެވެ.



