ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އަދި ފެޝަން އައިކަން މަލައިކާ އަރޯރާ މިވަގުތު ހުރީ ރާއްޖޭގައެވެ. މި ރީތި އެކްޓްރެސް އާދިއްތަ ދުވަހު ރާއްޖެ އައީ ގްލޯބަލް ސްޕާ މަޖައްލާއަށް ފޮޓޯޝޫޓެއް ކުރުމަށެވެ.
މަލައިކާ މިހާރު ހުރީ ހެރިޓަންސް އާރަށް ރިސޯޓުގައެވެ. ދިވެހިރާއްޖޭގެ ރީތި ގޮނޑުދޮށްތަކަށް ޒިޔާރަތްކުރާއިރު އޭނާގެ އިންސްޓަގްރާމަށް ތައުރީފުގެ ފޮޓޯތައް އަޕްލޯޑް ކުރަމުން ދެއެވެ. މީގެ އިތުރުން މަލައިކާ ވަނީ އޭނާގެ މިލިއަނުން ގުނާލެވޭ ފޮލޯވަރުންނަށް ރިސޯޓާއި އެތަނުގެ ވަށައިގެންވާ ތަންތަނުގެ ފަރި މަންޒަރުތައް ދައްކުވައިދީފައިވެއެވެ.
އާރަށް ރިސޯޓަށް ދިޔުމުން، ރިސޯޓު މުވައްޒަފުން ވަނީ މަލައިކާއަށް ހޫނު މަރުހަބާ ކިޔައި ބޮޑުބެރުގެ ފަރި ހަރަކާތް ދައްކުވާދީފައިއެވެ.
މިއީ މަލައިކާ ދިވެހިރާއްޖެއަށް އައި ފުރަތަމަ ފަހަރެއް ނޫނެވެ. މި އެކްޓްރެސްއަކީ ގިނަ އަދަދަކަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަރާތެއެއްކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން އޭނާގެ ތަޖުރިބާތަކާއި ދިވެހިރާއްޖެއަށް ކުރާ ލޯބި އޭނާގެ ފޭނުންނާ ހިއްސާކުރެއެވެ.
މަލައިކާގެ މި ފަހުގެ ޒިޔާރަތާއެކު، ދިވެހިރާއްޖެއަކީ މަޝްހޫރު މީހުންނާއި މަތީ ފަންތީގެ މީހުން އަރާމުކުރުމަށާއި، ޗުއްޓީ ހޭދަކުރުމަށާއި ޤުދުރަތީ ރީތިކަން ދެކިލުމަށް ގިނަ ފަތަރާތްތަކުން އައްނަން ބޭނުންވާ ތަނެއްގެ ގޮތުގައި އިތުރަށް ހަރުދަނާވެގެން ދެއެވެ.



