‎އެމެރިކާގެ ލަވަކިޔުންތެރިޔާ ކެހެލާނީ އޭޝްލީ ޕެރިޝް ވަނީ އެން.ޕީ.އާރުގެ ޓައިނީ ޑެސްކް ކޮންސަރޓް ސީރީޒްގައި ވަރަށް ރީތި ހުށަހެޅުމެއް ދީފައެވެ. އަދި އޭނާގެ ހުށަހެޅުމުގެ ތެރޭގައި ފަލަސްޠީނަށާއި، ސޫދާނަށާއި، ކޮންގޯއަށް އެހީތެރިވެދޭން ބޭނުންވާކަން ފާޅުކޮށްފައިވެއެވެ. ކެހްލާނީ ވަނީ 'ނައިޓްސް ލައިކް ދިސް'، 'ޑިސްޓްރެކްޝަން'، 'ދަ ވޭ' ފަދަ ލަވަތައް ކިޔައިދީފައެވެ. އަދި މީގެ އިތުރުން ބޭރު ޤައުމުތަކުގައި ހިނގަމުންދާ ކަންތައްތަކާ ބެހޭގޮތުން އޭނާގެ ޚިޔާލު ހިއްސާކުރުމަށް ވަގުތުކޮޅެއް ނަގާފައިވެއެވެ.

އޭނާ ބުނެފައިވަނީ، "އަހަރެން ބޭނުން މި ވަގުތުކޮޅު ނަގާލަން ފަލަސްޠީނަށް މިނިވަންކަން، ކޮންގޯއަށް މިނިވަންކަން، ސޫދާނަށް މިނިވަންކަން، ޔަމަނަށް މިނިވަންކަން، ހަވާއީއަށް މިނިވަންކަން، ގުއާމަށް މިނިވަންކަން ލިބުމަށް ގޮވާލަން".

‎އޭނާ އިތުރަށް ބުނެފައިވަނީ، "ހަމައެކަނި ހަނގުރާމަ ހުއްޓާލުމަށްވުރެ ބޮޑަށް އަހަރުމެން ބޭނުންވަނީ އޮކިއުޕޭޝަން ނިމުމަކަށް ގެނައުން. މިއީ މިއަށްވުރެ މާ ފުންކޮށް ވިސްނަންޖެހޭ ކަމެއް. މިހާރު މިތާ ތިބި އެންމެންނާއި މިވަގުތު މިކަން ބަލަމުންދާ އެންމެން ކުރިއަށް ނިކުމެ އެމީހުންގެ އަޑު އުފުލަން އަހަރެން ބޭނުން." އޭނާ އިތުރަށް ބުނެފައިވަނީ، ""ކުޑަ ކަމެއް ނަމަވެސް، ތިޔަބޭފުޅުންނަށް ކުރެވޭ ކޮންމެ ކަމަކަށް ޝުކުރުވެރިވަމެވެ. [އެ ޤައުމުތަކުން] މީހުން ވަޒީފާއަށް ނަގާށެވެ. ތިޔަބޭފުޅުންގެ ފައިސާ ބޭނުންވާ ތަންތަނަށް ފޮނުވާށެވެ. މިއީ އެމީހުންނަށް އެހީތެރިވުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ މުހިންމު ބައެއް ކަންތައްތަކެއް" ކެހްލާނީ ފާހަގަކޮއްލިއެވެ.