Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބީޓީއެސް ބޭންޑްގެ ޝޫގާގެ ވީވާސް ޕޯސްޓް - ފޭނުންނަށް ކުއްލި ސިހުމެއް

ބީޓީއެސް ބޭންޑްގެ ޝޫގާގެ ވީވާސް ޕޯސްޓް - ފޭނުންނަށް ކުއްލި ސިހުމެއް

އައިޝަތު ރުވާ ރިފްޢަތު
705 ދުވަސް ކުރިން - 8 އޯގަސްޓް 2024 23:30
ބީޓީއެސް ބޭންޑްގެ މެމްބަރު ޝޫގާ
ބީޓީއެސް ބޭންޑްގެ މެމްބަރު ޝޫގާ
ޚުލާސާ

ބީޓީއެސްގެ ސުގާ އިއްޔެ މަސްތުގެ ހާލަތުގައި ސްކޫޓަރެއް ދުއްވި ހާދިސާއާ ގުޅިގެން ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިއްޖެ އެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް ވީވާސްގައި ޝާއިޢުކުރި ޕޯސްޓެއްގައި އޭނާ ވަނީ ޓްރެފިކް ގާނޫނާ ހިލާފުވި ކަމަށް އިއުތިރާފުވެފަ އެވެ.

ބީޓީއެސް ބޭންޑްގެ މެމްބަރު ޝޫގާ، އުފަން ނަމުންނަމަ "މިން ޔޫން-ގީ"، އަންގާރަ ދުވަހުގެ ފަހުގެ ވަގުތެއްގައި މަސްތުވެގެން ސްކޫޓަރެއް ދުއްވައިގެން ޖޫރިމަނާއަކާ ކުރިމަތިލާންޖެހުނު ކަމަށްޓަކައި ފޭނުންގެ ފަރާތުން މަޢާފަށް އެދިއްޖެއެވެ.

ކޭ-ޕޮޕް ކުންފުނި އެޗްވައިބީގެ ފޭން ޕްލެޓްފޯމެއް ކަމުގައިވާ ވީވާސްގައި ޝާއިޢުކުރި ޕޯސްޓެއްގައި، 31 އަހަރުގެ މި މިއުޒިކް ފަންނާނު ބުނެފައިވަނީ އޭނާގެ ދުނިޔޭގެ ފޭންބޭސް އަށް މާޔޫސްކަން ގެނެސްދިނުމާ ގުޅިގެން އޭނާ "ވަރަށް ހިތްދަތިވެ މަޢާފަށް އެދޭ" ކަމަށެވެ.

Advertisement

Advertisement 1

ރިޕޯޓުގައިވާ ގޮތުން، ޝޫގާ ސްކޫޓަރު ދުއްވާފައިވަނީ 500 މީޓަރު (1،640 ފޫޓު) އަށެވެ. އޭގެ ފަހުން ފުލުހުންގެ އޮފިސަރަކަށް ފެނިފައިވަނީ އޭނާ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ސަރަހައްދެއް ކަމުގައިވާ ހަނާމް-ދޮންގްގައި ހުރި އޭނާގެ ގޭގެ ބޭރުގައި ސްކޫޓަރުން ވެއްޓުނު މަންޒަރެވެ. ސޯޝަލްމީޑިޔާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ޝޫގާ ބުނެފައިވަނީ އެއީ ކުރު ދަތުރެއް ކަމަށް ހީކުރެވުނު ކަމަށާއި، މަސްތުވެގެން ހުރެ އިލެކްޓްރިކް ސްކޫޓަރެއް ދުއްވުމަކީ މަނާކަމެއްކަން ކުރިން ނޭނގޭ ކަމަށެވެ. "އަހަރެންނަށް ބްރީތްއެލައިޒަރ ޓެސްޓެއް ދިނުމަށްފަހު އަހަރެންގެ ލައިސަންސް ބާޠިލުކޮށް ޖޫރިމަނާކުރެވުނު"، މި ލަވަކިޔުންތެރިޔާ ބުނެފައިވެއެވެ. އިތުރަށް އޭނާ ބުނީ އޭނާގެ ޢަމަލުން މީހަކަށް އަދި މުދަލަކަށް ގެއްލުން ނުވާ ކަމަށާއި ނަމަވެސް އޭނާގެ ޒިންމާއެއް އޮތްކަމަށް ފުރިހަމައަށް ޤަބޫލު ކުރާކަމަށެވެ.

"އަހަރެންގެ ފަރުވާކުޑަކަމާއި ނުރަނގަޅު ޢަމަލުތަކުން ހިތްދަތިވެފައިވާ ފޭނުންގެ ފަރާތުން އަހަރެން މަޢާފަށް އެދެން، މުސްތަޤްބަލުގައި މިފަދަ ކަމެއް ތަކުރާރުނުވާނެކަން ޔަގީންކޮށްދެން،" ޝުގާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ކޮރެއާގެ ނޫސް ތަކުގައިވާ ގޮތުން، ސޯލް ޔޮންގްސަން ފުލުސް ސްޓޭޝަނުން ބުނެފައިވަނީ ޓްރެފިކް ޤާނޫނާ ޚިލާފުވުމުން އޭނާ ޖޫރިމަނާކުރި ކަމަށެވެ.

ބީޓީއެސްގެ ލޭބަލް ކަމުގައިވާ، އެޗްވައިބީއީ އިން މިލްކުވެގެންވާ ބިގް ހިޓުންވެސް ވަނީ ބުދަ ދުވަހު މި ހަދިސާއާއި ބެހޭގޮތުން ބަޔާނެއްނެރެ މާފަށް އެދިފައިއެވެ.

"އަޅުގަނޑުމެންގެ ފަންނާނުގެ ފަރާތުން ފެނުނު އެކަށީގެންނުވާ އަމަލުގެ ސަބަބުން އަޅުގަނޑުމެން މަޢާފަށް އެދެން. އާންމުންނަށް އުނދަގޫވާގޮތަށް ޢަމަލުކުރުމުންނާއި، އޭނާގެ މަސައްކަތުގެ މާޙައުލުން ފެނުނު އަމަލަކަށް ވުމާއި ގުޅިގެން އެކަށީގެންވާ އަދަބު ދެވޭނެ. މުސްތަޤްބަލުގައި މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް އިތުރަށް ސަމާލުކަން ދޭނަން. ޝުކުރިއްޔާ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

ބީޓީއެސް ވަނީ 2022 އިން ފެށިގެން ވަގުތީގޮތުން މަޑުޖައްސާލާފައެވެ. ބޭންޑުގެ މެންބަރުން ވަނީ އެކި ސޯލޯ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައެވެ. މީގެ ތެރޭގައި ބޮޑު ފެޝަން ކެމްޕޭންތައްވެސް ހިމެނެއެވެ. މި ހަރަކާތްތައް ހިންގީ އެ ބޭންޑުގެ 7 މެންބަރުން ވެސް ލާޒިމު އަސްކަރީ ޚިދުމަތަށް ދިޔުމުގެ ކުރިންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކޭ އެއްފަދައިން ދެކުނު ކޮރެއާގެ ވެސް ޤާނޫނުއަސާސީގައި އޮންނަ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ހުރިހާ ފިރިހެނުން ވެސް އަސްކަރިއްޔާގައި ޚިދުމަތްކުރުން ލާޒިމެވެ. ބޭންޑުގެ މެންބަރުން 2025 ގައި އަސްކަރީ ޓްރޭނިން ނިމުމުން ހުރިހާ މެންބަރުންވެސް އަނެއްކާވެސް ގްރޫޕެއްގެ ގޮތުގައި އެއްވާނެކަމަށް ބެލެވެއެވެ.

2022 ގެ ޑިސެމްބަރުގައި ފޮރޮންޓްލައިން ބޫޓް ކޭމްޕުން ފެށި ޝޫގާ އަކީ މިހާރު އަސްކަރީ ޚިދުމަތުގެ ތެރެއިން އިޖުތިމާޢީ ޚިދުމަތުގެ އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާ މަޝްހޫރު ލަވަކިޔުންތެރިއެކެވެ. ކޮޑުހުޅަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން، ކޮރެއާގެ ނޫސްތަކުން އޭނާއަކީ "މިލިޓަރީ ޑިއުޓީއަށް ނުފެތޭ" މީހެއްގެ ގޮތަށް ކަނޑައަޅައެވެ.

Ad
Ad

ގުޅޭ ޚަބަރުތައް

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%