ރާއްޖެއަށް އަންނަ އިންޑިއާގެ ޓޫރިސްޓުންގެ އަދަދު ދަށަށް ދިޔަ ސަބަބަކީ ސަރުކާރުން ފިޔަވަޅު ނާޅާތީ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިންޑިއާގެ ފަތުރުވެރިންގެ އަދަދު %43 ދަށްވެ، ރިސޯޓްތައް ފަޅުވެ، އޮކިއުޕެންސީ ރޭޓް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
ޝާހިދު ފާހަގަކުރެއްވި ގޮތުގައި ނުވަ މަސް ދުވަހު ސަރުކާރުން އެހީ ނުލިބުމުން ހާލަތު އިތުރަށް ގޯސްވެ، ރައްޔިތުންނަށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އެހެންކަމުން ޝާހިދު ވިދާޅުޥީ އިންޑިއާގެ ސަފީރު ރާއްޖެ ވަޑައިގަތުމުން އޭނާ ކައިރިން ފައިސާ ހޯދަން ސަރުކާރުން އެދޭނެ ކަމަށެވެ. ނަމަވެސް ފައިސާ ހޯދަން އެދޭއިރު އެމްޑީޕީއާއި އިންޑިއާ ސަރުކާރާއި ގުޅިގެން ވިއްކާލި ކަނޑާއި ބެހޭގޮތުން އޭނާގެ ކައިރިން ސުވާލު ކުރުމަށް ޝާހިދު އެދިވަޑައިގަތެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއިރު ކޮންމެ އަހަރަކުވެސް މިދުވަސްވަރު ފަތުރުވެރިން އަންނަލެއް މަދުކަން ފާހަގަ ކުރެވެއެވެ.


