ރަޝިޔާ އާއި ޔޫކްރޭންގެ ހަމަނުޖެހުން ބޮޑުތަނުން އިތުރުވެފައިވާއިރު، ޔޫކްރޭން ސިފައިން މޮސްކޯއާ 530 ކިލޯމީޓަރު ދުރުގައި އޮންނަ އިނގިރޭސިވިލާތަށް ގޭހާއި ތެޔޮ އެކްސްޕޯޓް ކުރާ މުހިއްމު ކަކްސް އަށް ވަދެއްޖެއެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިފެންސް ފޯސްތަކުން ޔޫކްރޭން ސިފައިންނާ ކުރިމަތިލާއިރު ވަރުގަދަ ހަނގުރާމަތަކެއް ހިނގަމުންދެއެވެ.
މިއީ މިދެގައުމު ހަނގުރާމަ ކުރަން ފެށިފަހުން ރަޝިއާ ސަރަހައްދަށް އަރައިގަނެގެން އުޅޭ ޔުކްރޭނުގެ އެންމެ ބޮޑު ސިގައިންގެ ބެޗު ކަމަށް ރަޝިއާއިން ބުނެއެވެ.
ރަޝިޔާ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ވެލެރީ ޖިރާސިމޯވް ވަނީ ހަނގުރާމައިގެ ވަރުގަދަ ހާލަތު ޕޫޓިންއަށް އަންގާފައެވެ. ރަޝިޔާގެ ބްލޮގަރުން ސިފަކުރާ ގޮތުގައި ޔޫކްރޭންގެ އަމަލުތަކަކީ ހަނގުރާމައިގެ އާ މަރުހަލާއެކެވެ.



