ޖަޕާނުގައި ހުންނަވާ އެމެރިކާ އާއި އިނގިރޭސި ސަފީރުން ވަނީ ކުރިއަށް އޮތް ނާގަސާކީ ސުލްހައިގެ ހަނދާނީ ރަސްމިއްޔާތުގައި ބައިވެރި ނުވާނެކަން އިއުލާންކޮށްފަ އެވެ. މިގޮތަށް ނިންމީ އެ ސިޓީގެ މޭޔަރު އިސްރާއީލުގެ ސަފީރަށް އެ ހަރަކާތަށް ދައުވަތު ނުދެއްވުމުންނެވެ.
މި ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ނާގަސާކީ ސުލްހަ ހަނދާނީ ހަފްލާއަކީ 1945 ވަނަ އަހަރު އެމެރިކާއިން ނާގަސާކީ އާއި ހިރޮޝިމާއަށް އެޓޮމިކް ބޮން އެޅިތާ 79 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަފްލާއެކެވެ. މި ބޮމުގެ ހަމަލާތަކުގެ ސަބަބުން އެންމެ ފަހުން ޖަޕާނުން ޝަރުތުތަކާ ނުލައި ދެވަނަ ބޮޑު ހަނގުރާމަ ހުއްޓާލިއެވެ
ޖަޕާނުގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ޖޫލިއާ ލޮންގްބޮޓަމް ވިދާޅުވީ ޣައްޒާގައި އިސްރާއީލުން އެ ހިންގާ ހަރަކާތަކީ އަމިއްލަ ދިފާއުގައި ކުރާ ކަމެއް ކަމަށާއި އެއީ ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމާ އެއްވަރު ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
ރަޝިޔާ އާއި ބެލަރޫސްގެ ސަފީރުންނަށް ވެސް ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން މި ރަސްމިއްޔާތަށް ދައުވަތެއް ނުދެއެވެ.
އެމެރިކާއާއި އިނގިރޭސި ސަފީރުން މި ރަސްމިއްޔާތު ދޫކޮށްލަން ނިންމުމަކީ ފަލަސްތީނުގައި ހިންގާ ލާއިންސާނީ ޖަރީމާ ތަކުގައި އެމީހުންގެ ތާއީދު އޮތްކަން ހާމަވާ ކަމެކެވެ.



