އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާގައި ހަގުރާމަ ފެށިފަހުން މިހާރު މަރުވި މީހުންގެ އަދަދު 39،677 އަށް އަރައިފި ކަމަށް އެގައުމުގެ ހެލްތުން ބުނެފިއެވެ.
މީގެ އިތުރުން 91،645 އަށް ވުރެ ގިނަ މީހުން ޒަޚަމްވެ، 10،000 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ހިތާމައަކީ ގާތްގަނޑަކަށް 70 ޕަސެންޓް ޝިކާރައަކަށް ވެފައިވާ މީހުންނަކީ ކުޑަކުދިންނާއި އަންހެނުން ނެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑެތި މުސީބާތާއި ތަކުލީފުތަކެއް ކުރިމަތިވެފައިވާއިރު، މިލިއަނަކަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އިންސާނީ އެހީތެރިކަމުގެ ޖަމިއްޔާތަކުން ދަނީ މި ދަތި ހާލަތު ހައްލުކޮށް، ގެއްލުން ލިބުނު އާންމުންނަށް ބޭނުންވާ ލުއިތައް ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ ގޮތުން ވަގުތުން ތަދައްޚުލުވުމަށް ގޮވާލަމުންނެވެ.
ހަނގުރާމަ ކުރިޔަށްދާއިރު މި ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ގާއިމްކުރުމަށް ބައިނަލް އަގްވާމީ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.



