ބަންކަރިންގ އަކީ ކޮބައި ހެއްޔެވެ؟
ބަންކަރިންގ ނިސްބަތްވަނީ ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޕްރޮސެސްއަށެވެ. މި ހިދުމަތަކީ ކަނޑުގެ އޮޕަރޭޝަންތަކަށް ކޮންމެހެން ބޭނުންތެރި ހިދުމަތެއް ކަމުގައި ވާއިރު، މިއީ ބަނދަރެއްގައި ބަނދަރު ކުރަން ނުޖެހި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދީގެން އެމީހުންގެ ދަތުރުތައް ކުރިއަށް ގެންދެވޭނެ ޚިދުމަތެކެވެ. މިއީ ދުނިޔޭގެ ޝިޕިން ރޫޓުތަކުގެ ދުވެލި ކުރިއަށް އޮތް ތަނުގައި ދެމެހެއްޓުމަށް ވަރަށް މުހިންމު ހިދުމަތެކެވެ.
ޚިދުމަތް ފޯރުކޮށްދޭނެ ގޮތް
އެސްޓީއޯގެ ޕްލޭނުގައި ބަންކަރިންގ ޚިދުމަތް ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ ބޮޑެތި އުޅަނދުތަކުގައި ތެޔޮ ބަރުކޮށްގެންނެވެ. މި އުޅަނދުތައް ދަތުރުކުރާނީ މާކަނޑުގެ ކަނޑުގެ ސަރަހައްދުންނެވެ. އެގޮތުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުވަތަ މި ސަރަހައްދުގެ ކައިރިން ދަތުރުކުރާ ބޭރުގެ ބޯޓުތަކަށް ވިއްކުމަށެވެ. މި ޕްރޮސެސް އޮންނާނީ އަންނަނިވި ގޮތަށެވެ.
ތެޔޮ ލޯޑްކުރުން: ބޮޑެތި އުޅަނދުތަކަށް ތެޔޮ ބަރުކުރުމަށް ހަމަޖެހިފައިވަނީ އެސްޓީއޯއާއި ޗައިނާގެ ވިޓާލްއިން ނިންމާފައިވާ ތަންތަނުންނެވެ.
އޮފްޝޯ އޮޕަރޭޝަންސް: މި އުޅަނދުތައް ދެން ބަދަލުވާނީ ރާއްޖޭގެ ކަނޑުގެ ސްޓްރެޓެޖިކް ލޮކޭޝަންތަކުން ދަތުރުކުރާ ބޭރުގެ ބޯޓުތަކާއި ޕޮޒިޝަން ކުރުމަށެވެ.
ތެޔޮ ފޯރުކޮށްދިނުން: ތެޔޮ އަޅަން ބޭނުންވާ ބޭރުގެ ބޯޓުތައް ބަންކަރިންގ އުޅަނދުތަކާ ކައިރިވެ، އެތަނުން ތެޔޮ ސީދާ އެ އުޅަނދުތަކަށް ބަދަލުކުރެވޭނެއެވެ.
ގަވާއިދާއި ރައްކާތެރިކަން: ރައްކާތެރިކަމާއި ވަރުގަދަ ބަންކަރިންގ ޕްރޮސެސްއެއް ކަށަވަރުކުރުމަށްޓަކައި ހުރިހާ އޮޕަރޭޝަންތަކެއްވެސް ބައިނަލްއަޤްވާމީ ސަލާމަތާއި ތިމާވެށީގެ ގަވާއިދުތަކަށް ތަބާވާނެއެވެ.

ދިވެހިރާއްޖެއަށް ލިބޭ ފައިދާ
ބަންކަރިންގެ ހިދުމަތް ތައާރަފް ކުރުމަކީ ދިވެހިރާއްޖެއަށް ނުހަނު ފައިދާހުރި ކަމެކެވެ.
އިޤްތިޞާދީ ކުރިއެރުން: ބަންކަރިންގ ޚިދުމަތުގެ ސަބަބުން ދިވެހިރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ބެލެވެއެވެ. މި ސަރަހައްދުގެ މުހިއްމު ތެޔޮ ހަބެއްގެ ގޮތުގައި ޕޮޒިޝަން ވުމުން، ކޮންމެ އުޅަނދަކުން ވެސް ތެޔޮ ގަތުމުގެ ތެރެއިން ލޯކަލް އިގްތިސާދަށް ފައިދާކުރާނެ އެވެ.
ވަޒީފާ އުފެދުން: ބަންކަރިންގ އޮޕަރޭޝަންތައް ގާއިމްކުރުމުން ލޯކަލް ޕޮޕިއުލޭޝަނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އެންމެ އަސާސީ ފަޅުވެރިންގެ މަސައްކަތުން ފެށިގެން ޗީފް އިންޖިނޭރުންނާއި ހަމައަށް ވަޒީފާ އިތުރުވުމުން އެކި ދާއިރާތަކަށް މިކަމުގެ ފައިދާ ކުރާނެ އެވެ.
އުމްރާނީ ތަރައްގީ: ވަރުގަދަ ބަންކަރިންގ ޚިދުމަތްތަކެއް ބޭނުންވާތީ، އާ އޮޕަރޭޝަންތަކަށް އެހީތެރިވުމަށްޓަކައި ވަސީލަތްތައް އިތުރުކުރުމާއި، ލޮޖިސްޓިކަލް ސަޕޯޓް ރަނގަޅުކުރުމާއި، ރައްކާތެރިކަމުގެ ގޮތުން ކުރިއަރާފައިވާ ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ. ދިވެހިރާއްޖޭގެ ކަނޑުގެ އިންފްރާސްޓްރަކްޗަރ ރަނގަޅުވާނެއެވެ.
ބައިނަލްއަޤުވާމީ ވިޔަފާރި ހަބް: ބަންކަރިންގ ޚިދުމަތް ފޯރުކޮށްދީގެން ދިވެހިރާއްޖެއަށް ބައިނަލްއަޤްވާމީ ޝިޕިންގ ރޫޓުތަކުގައި ކްރިޓިކަލް ނޯޑެއްގެ ގޮތުގައި އޮތް މަޤާމު ހަރުދަނާކުރެވޭނެ އެވެ. މިކަމުގެ ސަބަބުން ކަނޑުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތަކެއް ކުރެވި، ބޯޓު މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ހިދުމަތް ފަދަ ނުވަތަ ޑޮކިން ފަދަ ގުޅުންހުރި ސިނާއަތްތައް ގާއިމްކުރެވިދާނެ އެވެ. ޑޮކިންގ އަކީ ބޯޓެއް ބަނދަރަކަށް ގެނެސް އެހެލުމަށް ނުވަތަ ބޭލުމަށް، ސާމާނު ނެގުމަށް، ނުވަތަ މެއިންޓެނަންސް ކުރުމުގެ ހިދުމަތެވެ. މިސަރަހައްދުގައި އެންމެ ރަނގަޅު ޑޮކެއް މިވަގުތު ހުރީ ލަންކާގައެވެ. މިއީ ކަނޑުގެ އޮޕަރޭޝަންތަކުގެ މުހިންމު ބައެކެވެ.
ލޯކަލް އެނރޖީ ސެކްޓަރަށް ބޫސްޓެއް: ބަންކަރިންގ އިނިޝިއޭޓިވްގެ ސަބަބުން ލޯކަލް އެނާޖީ ސެކްޓަރ ހީވާގިވެ، ތެޔޮ ރައްކާކުރުމާއި ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗަރަށް އިންވެސްޓް ކުރުމަށް ހިތްވަރު ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ހަކަތަ ރައްކާތެރިކަން ރަނގަޅުވެ، ތެލުގެ އަގުގައި އޮންނަ ވާދަވެރިކަން ބޮޑުވެދާނެ އެވެ.
ތިމާވެށީގެ ބެޖު: ބައިނަލްއަޤްވާމީ ގަވާއިދުތަކަށް ހަރުކަށިކޮށް ތަބާވުމުން، ތިމާވެށީގެ ޒިންމާދާރު ބަންކަރިންގ ޕްރެކްޓިސްތަކަށް ދިވެހިރާއްޖެއަށް ބެންޗްމާކެއް ކަނޑައެޅިދާނެއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މި ވައުދުވުމަކީ ރާއްޖޭގެ އަބުރު އިތުރުވެ، އިކޯ ކޮންޝިއަސް މެރިޓައިމް އޮޕަރޭޓަރުން ޝައުގުވެރިވާނެ ކަމެކެވެ.

އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ބަންކަރިންގެ ހިދުމަތް ފެށުމަކީ ދިވެހިރާއްޖޭގެ ސްޓްރެޓެޖިކް ލޮކޭޝަން ލީވަރކޮށް، ކަނޑުގެ އިންފްރާސްޓްރަކްޗަރަށް އިންވެސްޓްކޮށްގެން، ގައުމަށް އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމެކެވެ. ދިވެހިރާއްޖެ ދުނިޔޭގެ ބަންކަރިންގ އިންޑަސްޓްރީގެ މުހިއްމު ދައުރެއްގެ ގޮތުގައި ޕޮޒިޝަން ކުރާއިރު، މިއީ މިއަށްވުރެ ތަނަވަސް އަދި ޑައިނަމިކް މުސްތަޤްބަލަކަށް މަގުފަހިކޮށްދޭނެ ކަމެކެވެ.



