ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރެއްވުމުގެ ޖަލްސާ 28 މެއިގައި ބާއްވަން ނިންމައިފި އެވެ.
މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި އެކަން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ.
އަސްލަމް ވިދާޅުވީ، އާ މަޖިލިސް ހުވާކުރުމަށް ބާއްވާ ޖަލްސާ 28 މެއިގައި ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު މަޖިލީހުން އެބަ ކުރިއަށްގެންދާ ކަމަށެވެ.
މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު 15 މެއިގައި ހަމަވާނެ އެވެ.
އަސްލަމް ވިދާޅުވީ މި ދައުރުގެ އެންމެ ފަހު ޖަލްސާ އޮންނާނީ 13 މެއިގައި ކަމަށާއި އެ ތާރީހާ ހަމައަށް މި ދައުރުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.



