ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރަކަށް ސުލްހައިގެ ނޮބެލް އިނާމު ލިބިވަޑައިގެންނެވި މުހައްމަދު ޔޫނުސް އައްޔަން ކުރައްވައިފި އެވެ. މި މަގާމަށް އައްޔަން ކުރައްވާފައި މިވަނީ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލިސް ރައީސް މުހައްމަދު ޝިހާބުއްދީން އުވާލުމަށް މެދުވެރިވި ވަރުގަދަ މުޒާހަރާތަކެއް ދަނޑިވަޅެއްގަ އެވެ.
ގްރާމީން ބޭންކާ އެކު މަސައްކަތް ކުރުމުގައި މަޝްހޫރު ޔޫނުސް، 84، އަކީ ފަގީރު އާއިލާތަކަށް މައިކްރޯލޯން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ މީހެކެވެ. އެގޮތުން ފަގީރު އެތައް ބަޔަކު އޭނާ ވަނީ ފަީރުކަމުގެ ހާލަތުން ރަނގަޅު ހަމަޖެހޭ ދިރިއުޅުމަކަށް ގެންގޮސްދީފައެވެ. މިކަމާއި ގުޅިގެން އޭނާއަށާއި ބޭންކަށް ސުލްހައިގެ ނޮބެލް އިނާމު ލިބުނެވެ.
އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު އިއުލާން ކުރަން ހަމަޖެހިފައިވާ އިންތިގާލީ ސަރުކާރާ ހަވާލުވާނީ ކޮން އިރަކު ކަމެއް އަދި ހާމައެއް ނުކުރެ އެވެ. މުޒާހަރާ ރޭވި ފަރާތްތަކުން ކެނޑިނޭޅި ގޮވަމުންދަނީ ޔޫނުސް އާއި ވެރިކަން ހަވާލުކުރުމަށެވެ.
ކޮލެޖް އަދި ޔުނިވާސިޓީގެ ދަރިވަރުން ހިމެނޭ ގޮތަށް މުޒާހަރާގެ ބައިވެރިން ވަނީ ޔޫނުސްގެ ބައިވެރިވުމެއް ނެތި އެއްވެސް ސަރުކާރެއް ބަލައިނުގަންނާނެ އިންޒާރު ވެސް ދީފަ އެވެ.
މުޒާހަރާގައި މަރުވި މީހުންގެ އަދަދު 300 އަށް އަރާފައިވާއިރު، 11،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެ އެވެ. ވަގުތީ ސަރުކާރު އެކުލަވާލުމުގެ ތެރެއިން ކުރީގެ ބޮޑުވަޒީރު ބެގަމް ޚާލިދާ ޒިޔަތު ވެސް ވަނީ ޖަލުން ދޫކޮށްލާފައެވެ.



