މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހެވީ ވެހިކަލަށް ޚާއްސަކޮށްގެން މާލޭ އިންޑަސްޓްރިއަލް ޒޯނުން ޕާކިން ޖާގަ ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ.
މާލޭ އިންޑަސްޓްރީއަލް ޒޯން ބަލަހައްޓާ އެތަން ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއާއެވެ.
އެމްޕީއެލުން ބުނީ 166 ޖާގަ ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އެމްޕީއެލްއިން ބުނެފައިވަނީ ސްލޮޓްތައް ދޫކުރަނީ ފުރަތަމަ އެދޭ ފަރާތްތަކަށް އިސްކަން ދީގެންނެވެ.
ހެވީ ވެހިކަލްއަށް ސްލޮޓް ދޫކުރާ އަދަދުތަކާއި އަގުތައް:-
1. ކޮމާޝަލް ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ ޕިކަލް/ލޮރީ - 100 ސްލޮޓް – 2000ރ
2. ބައުޒަރު - 32 ސްލޮޓް – 4000ރ
3. ކްރޭން - 4 ސްލޮޓް – 6000ރ
4. އެހެނިހެން އުޅަނދުތައް - 30 ސްލޮޓް 4000ރ
މިވަގުތު ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސަމުންދިޔަ ނަމަވެސް އެމްޕީއެލްއިން ވަނީ އިންޑަސްޓްރިއަލް ވިލެޖުގައި ހެވީ ވެހިކަލްތަކަށް ޚާއްސަކޮށް ޕާކިން ޒޯނެއްވެސް ހަދަން ނިންމާފައެވެ. އެ ޒޯން ހަދާނީ ފެންސު ޖަގައިގެން އަދި 24 ގަޑިއިރު ސެކިއުރިޓީގެ ޚިދުމަތްވެސް ލިބޭގޮތަށް ކަމަށާ ވަރަށް އަވަހަށް އެމަސައްކަތް ފަށާނެ ކަމަށް އެމްޕީއެލް އިން ބުނެއެެވެ.



